އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކައުންސިލްގެ އިދާރާއާއި ކްއެންޗް ކޭޓަރިންގ ސާރވިސް ޕަރައިވެޓް ލިމިޓެޑާއި ދެމެދު ވެވިފައިވާ އެއްބަސްވުމަށް ގޮތެއް ނިންމުން

16 ޖުލައި 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ: އައްޑޫސިޓީ ކައުންސިލްގެ އިދާރާއާއި ކްއެންޗް ކޭޓަރިންގ ސާރވިސް ޕަރައިވެޓް ލިމިޓެޑާއި ދެމެދު ވެވިފައިވާ ނަމްބަރު: 426-PD/S2/2012/43 އެއްބަސްވުމާއި، ނަމްބަރު: 426-PD/S2/2012/61 އެއްބަސްވުމަށް ކައުންސިލުން ގޮތެއް ނިންމުން.

މައްސަލަ ހުށަހެޅި ފަރާތް:  ޕްލޭނިންގް ސެކްޝަން   

ނިންމުން

މައްސަލަ ނިމުނުގޮތް:

    " މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، މި އިދާރާގެ ނަމްބަރު: 426-PD/S2/2012/43 އެއްބަސްވުމާއި، ނަމްބަރު: 426-PD/S2/2012/61 އެއްބަސްވުމާއި އެއްގޮތަށް ކްއެންޗް ކޭޓަރިންގ ސާރވިސް ޕްރައިވެޓް ލިމިޓެޑުން ޢަމަލުކުރަމުން ނުދާކަން ފާހަގަކޮށް، މި 2 އެއްބަސްވުމުގެ 8 ވަނަ މާއްދާ އާއި 19 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ޢަމަލުކުރުމަށް ކުރަންޖެހޭ އިދާރީ މަސައްކަތް ކުރިއަށް ގެންދިއުމަށް ފެންނަކަމަށާއި،

އައްޑޫސިޓީގެ ކުލީބިމުގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން އެއްބަސްވުމާއި އެއްގޮތަށް ޢަމަލުނުކުރާ ފަރާތްތަކަކީ ކޮބައިތޯ ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް، ތިރީގައި ބަޔާން ކުރެވިފައިވާ ދާއިރާތަކުން މެމްބަރުން ހިމެނޭ ގޮތަށް ވަގުތީ ކޮމިޓީއެއް އެކުލަވާލުމަށްފަހު، މިއިދާރާއިން ދޫކުރެވިފައިހުރި ކުލީ ބިންތަކުގެ ތެރެއިން ޤަވާޢިދާއި އެއްގޮތަށް ކުލި ދައްކަމުން ނުދާ ބިންތައް ހުރިތޯ ބަލައި، އެފަދަ ބިންތަކާއި ގުޅޭ ރިޕޯރޓް އެކުލަވާލުމަށްފަހު 01 މަސްދުވަހުގެ ތެރޭގައި ރިޕޯރޓް ކައުންސިލަށް ހުށަހެޅުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

  1. ކައުންސިލް މެމްބަރުން
  2. ފައިނޭންސް ސެކްޝަނުގެ ހެޑް
  3. ލޭންޑް ސެކްޝަނުގެ ހެޑް
  4. އެޑްމިންސެކްޝަނުގެ ހެޑް
  5. ލީގަލް ޓީމް

 

ތާއީދު ކުރެއްވީ: ކައުންސިލަރ އިބްރާޙިމް ޝުކުރީ

ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 03 ވޯޓް

ވޯޓުގައި ބައިވެރިވި: 03




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/211

ތާރީޚް: 16 ޖުލައި 2019