މައްސަލަ |
||||
ހުށަހެޅުނު މައްސަލަ: ކޮންވެންޝަން ސެންޓަރުން ނަގައިގެން ގެނަސް ހިތަދޫ އަވަށު އޮފީހުގެ ގޯތިތެރޭގައި ބަހައްޓާފައިހުރި ތަކެތި ނީލަން ކިޔުން |
||||
މައްސަލަ ހުށަހެޅި ފަރާތް: އެޑްމިން ސެކްޝަން |
||||
ނިންމުން |
||||
މައްސަލަ ނިމުނުގޮތް މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، މައްސަލައާއި އެކު ހުށަހަޅާފައިވާ ލިސްޓްގައި ހިމެނޭ ތަކެތި ނީލަން ކިޔުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ތިރީގައި ބަޔާން ކުރެވިފައިވާ މެމްބަރުން ހިމެނޭ ގޮތަށް ކޮމިޓީއެއް އެކުލަވާލުމަށް ފެންނަކަމަށާއި، މިކޮމިޓީގެ މަސްއޫލިއްޔަތަކީ ކޮންވެންޝަން ސެންޓަރުން ނަގައިގެން ގެނަސް ހިތަދޫ އަވަށު އޮފީހުގެ ގޯތިތެރޭގައި ބަހައްޓާފައިހުރި ތަކެތި މާލިއްޔަތު ޤަވާއިދާއި އެއްގޮތަށް ނީލަން ކިޔުމަށް ކުރަންޖެހޭ އިދާރީ އަދި ޓެކްނިކަލް މަސައްކަތް ކުރިއަށް ގެންދިއުން ކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ. ވަގުތީ ނީލަން ކޮމިޓީ
|
||||
ތާއީދު ކުރެއްވީ: ކައުންސިލަރ އިބްރާހީމް ޝުކުރީ |
ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް |
|||
ވޯޓް ދެއްވި ގޮތް |
||||
ބައިވެރިވެވަޑައިނުގަންނަވާ: 00 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 05 ވޯޓް |
ވޯޓުގައި ބައިވެރިވި: 05 |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
ކޮންވެންޝަން ސެންޓަރުން ނަގައިގެން ގެނަައި ތަކެތި ނީލަން ކިޔުން