އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މަރަދޫ ބަނދަރުގެ ބޭރު ތޮށިއާއި މަރަދޫފޭދޫ އަދި މީދޫ ބަނދަރު މަޝްރޫޢުއަށް އެމްޕްލޯޔާސް ރެޕްރެޒެންޓޭޓިވް ހަމަޖެއްސުން

23 ޖުލައި 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ:

ސ.މަރަދޫ ބަނދަރުގެ ބޭރު ތޮށިއާއި ސ. މަރަދޫފޭދޫ ބަނދަރު އަދި މީދޫ ބަނދަރު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ހަރުދަނާ ގޮތެއްގެ މަތިން ކުރުމަށް އެމްޕްލޯޔާސް ރެޕްރެޒެންޓޭޓިވް ހަމަޖެއްސުމާއިމެދު ކައުންސިލުން ގޮތެއް ނިންމުން.

މައްސަލަ ހުށަހެޅި ފަރާތް:  ޕްރޮޖެކްޓް ސެކްޝަން    

ނިންމުން

މައްސަލަ ނިމުނުގޮތް

މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، " މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ  އެންޑް އިންފްރާސްޓްރަކްޗަރ އިން ސ.މަރަދޫ ބަނދަރުގެ ބޭރު ތޮށިއާއި ސ. މަރަދޫފޭދޫ ބަނދަރު އަދި ސ.މީދޫ ބަނދަރު ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ ކޮންޓްރެކްޓަރުންނާއި އެކު އެއްބަސްވުމެއްގައި ސޮއި ކުރެވިގެން ކުރިއަށްދާ އައްޑޫގެ ތަރައްޤީއާއި ގުޅިފައިވާ މުހިއްމު މައްސަލައެއްކަމަށާއި،  މި އެއްބަސްވުމާއި އެއްގޮތަށް މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ  އެންޑް އިންފްރާސްޓްރަކްޗަރ ތަމްސީލުކުރުމަށް އެމްޕްލޯޔާސް ރެޕްރެޒެންޓޭޓިވްސް ހަމަޖައްސަވައި ދެއްވުމަށް އެދި އެމިނިސްޓްރީން ހުށަހަޅާފައިވާ މައްސަލައިގެ މުހިއްމުކަން ފާހަގަކުރުމަށްފަހު،

 

މިމައްސަލައާއި ގުޅިގެން ވަގުތީ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުން، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ  އެންޑް އިންފްރާސްޓްރަކްޗަރ އިން އެދިވަޑައިގަންވާގޮތެއްގެ މަތިން، މަސައްކަތް ކުރިއަށް ގެންދިއުމަށް ވަގުތީ އިންތިޒާމް ހަމަޖެއްސުމަށް ފެންނަ ކަމަށާއި،

މިގޮތުން މީދޫ ބަނދަރުގެ މަސައްކަތް ޕަބްލިކް ވޯރކްސް ހުޅުދޫ މީދޫގެ އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ އަޙްމަދު މުޖްތަބާއާއި ޙަވާލު ކުރުމަށާއި، މަރަދޫ ބަނދަރުގެ މަސައްކަތް ވަގުތީ ގޮތުން ބެލެހެއްޓުން މިއިދަރާގެ ޕްރޮޖެކްޓް އޮފިސަރ ޢަލީ ޙާޝިމް އަދި ހިތަދޫ ބަނަދަރުގެ މަސައްކަތް ވަގުތީ ގޮތުން ބެލެހެއްޓެވުން މިއިދަރާގެ ޕްރޮޖެކްޓް އޮފިސަރ އިބްރާހީމް ޝަހީދުﷲ އާއި ޙަވާލުކުރުމަށް ފެންނަކަމަށާއި،

 

 

 

ޕްރޮޖެކްޓްގެ މަސައްކަތް ނިމެންދެން ހަރުދަނާ އުޞޫލެއްގެ ތެރެއިން ސ.މަރަދޫ، ސ.މަރަދޫފޭދޫ، ސ.ހިތަދޫ އަދި ސ.މީދޫ އަވަށުގެ ބަނދަރުގެ މަޝްރޫޢާއި ގުޅޭމަސައްކަތް ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަޖެއްސުމަށް، 1.5 އަހަރު ދުވަހުގެ މުއްދަތަށް ޤަވާޢިދާއި އެއްގޮތަށް ކޮންޓްރެކްޓް އުޞޫލުން ޕްރޮޖެކްޓް އޮފިސަރ / ވަގުތީ މަޤާމު އުފައްދައި މަޤާމްތަކުގައި މުވައްޒަފުން ގެންގުޅެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން ވޯޓުގައި ބައިވެރިވެ ވަޑައިގަތް  މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

 

 

މަޤާމް

ރޭންކް

މުސާރަ

އެލަވަންސް

02

ޕްރޮޖެކްޓް އޮފިސަރ /ވަގުތީ

MS1

5610.00

2000.00

 

 

 

ތާއީދު ކުރެއްވީ: ކައުންސިލަރ އިބްރާހީމް ޝުކުރީ 

ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/221

ތާރީޚް: 23 ޖުލައި 2019