މައްސަލަ |
||||
ހުށަހެޅުނު މައްސަލަ: މަސްވެރިކަމަށް ފީނުމުގެ ތެރޭގައި މިހާރަކަށް އައިސް މަސްވެރިންނަށް ތަފާތު ގިނަ މައްސަލަތައް ކުރިމަތިވެ ފީނުމުގެ ތެރޭގައި ދިމާވާ މައްސަލަތަކުގައި ނިޔާވަމުންދާ މީހުންގެ ޢަދަދު އިތުރުވަމުންދާ މައްސަލަ އަށް ޙައްލެއް ހޯދުން . |
||||
މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ، ފައިޞަލް އިބްރާހީމް |
||||
ނިންމުން |
||||
މައްސަލަ ނިމުނުގޮތް މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، " މަސްވެރިކަމަށް ފީނުމުގެ ތެރޭގައި މިހާރަކަށް އައިސް މަސްވެރިންނަށް ތަފާތު ގިނަ މައްސަލަތައް ކުރިމަތިވެ ފީނުމުގެ ތެރޭގައި ދިމާވާ މައްސަލަތަކުގައި ނިޔާވަމުންދާ މީހުންގެ ޢަދަދު އިތުރުވަމުންދާ މައްސަލައާއި މެދު، ކައުންސިލުން ކަންބޮޑުވާ ކަމަށާއި، މަސްވެރިކަމަށް ފީނުމުގައި ޢަމަލުކުރާނެ އުޞޫލު، ކަމާއި ގުޅުންހުރި މުއްސަސާތަކުން މިހާތަނަށް އެކުލަވާލެވިފައި ނުވާކަމަށާއި، މިފަދަ އުޞޫލެއް އެކުލެވިފައި އޮތުމުގެ މުހިއްމުކަންކަން ފާހަގަކޮށް، މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، މަސްވެރިކަމާއި ގުޅުންހުރި ކަންކަން ބެލެހެއްޓުމުގެ ނިޒާމް ހަރުދަނާ ކުރުމަށް މަސައްކަތް ކޮށްދެއްވުން އެދި، ދައުލަތުގެ ކަމާއިގުޅޭ މުއްސަސާތަކުގައި ދެންނެވުމަށާއި، ޑައިވް ކުރުމާއި ގުޅިގެން ކުރިމަތިވަމުން އަންނަ ހިތާމަވެރި ޙާދިޘާތަކަށް ބަލައި، ރައްޔިތުން ހޭލުންތެރި ކުރުމަށް ކައުންސިލުން މަސައްކަތް ކުރުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.
|
||||
ތާއީދު ކުރެއްވީ: ކައުންސިލަރ، ޙުސައިން ޙިޔާޟް |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ،ފައިޞަލް އިބްރާހީމް |
|||
ވޯޓް ދެއްވި ގޮތް |
||||
ބައިވެރިވެވަޑައިނުގަންނަވާ: 00 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 05 ވޯޓް |
ވޯޓުގައި ބައިވެރިވި: 05 |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
މަސްވެރިންނަށް ތަފާތު ގިނަ މައްސަލަތައް ކުރިމަތިވެ ފީނުމުގެ ތެރޭގައި ނިޔާވަމުންދާ މީހުންގެ ޢަދަދު އިތުރުވަމުންދާ މައްސަލަ