މައްސަލަ |
||||
ހުށަހެޅުނު މައްސަލަ: އައްޑޫސިޓީ ހިތަދޫ އަވަށުން ރަނގަޅު ފެންވަރުގެ ޖިމެއް ހަދާނެބިމެއް ކުއްޔަށްދޫކުރުން |
||||
މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ ޖަމްޝީދާ މުޙައްމަދު |
||||
ނިންމުން |
||||
މައްސަލަ ނިމުނުގޮތް މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، " އައްޑޫސިޓީގެ ކަނބަލުންނަށް ދުޅަހެޔޮ ސިއްޙަތެއް ކަށަވަވަރުކޮށްދިނުމުގެ ގޮތުން ޕްރޮފެޝަނަލް އިންސްޓަރަކްޓަރުންގެ އެހީތެރިކަމާއެކު ދެމެހެއްޓެނިވި އިންތިޒާމެއްގެ ތެރެއިން ކަސްރަތު ކުރެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން، އަދި ކަނަބަލުންނަށް ޚާއްޞަކުރެވޭ މާޙައުލެއް ޤައިމުކުރެވިފައިވާ ޖިމެއް ހިތަދޫއަވަށުގައި ނެތުމާއެކު، ބޭންކް އޮފް މޯލްޑިވްސް ހިތަދޫ ބްރާންޗްގެ ފުރަގަހުން ޗެކާރސްއާއި ދެމެދުން އޮތް 4000އަކަފޫޓުގެ ބިން ހިތަދޫ އަވަށުގައި ޖިމެއް ތަރައްޤީ ކުރުމަށް ކުއްޔަށް ދޫކުރުމަށް ފެންނަކަމަށާއި، މި ބިންދޫކުރުމުގައި ޢާއްމުކޮށް އިޢުލާނުކޮށްގެން ޤަވާޢިދާއި އެއްގޮތަށް ހުށަހަޅޭ ޕްރޮޕޯސަލްތަކަށް ބަލައި، މި ބިމުގައި މިފަދަ ޖިމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްގެންދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.
|
||||
ތާއީދު ކުރެއްވީ: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ ޖަމްޝީދާ މުޙައްމަދު |
|||
ވޯޓް ދެއްވި ގޮތް |
||||
ބައިވެރިވެވަޑައިނުގަންނަވާ: 00 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 05 ވޯޓް |
ވޯޓުގައި ބައިވެރިވި: 05 |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
އައްޑޫސިޓީ ހިތަދޫ އަވަށުން ރަނގަޅު ފެންވަރުގެ ޖިމެއް ހަދާނެބިމެއް ކުއްޔަށްދޫކުރުން