މައްސަލަ |
||||
ހުށަހެޅުނު މައްސަލަ: ހިތަދޫ ސްވިމިންގ ޓުރެކް ހުޅަނގުން ޑިންގީ، ކުދި ލޯންޗް އަދި ވަދުދޯނި ތަކަށް ޚާއްޞަ ބަނަދަރު ކުރާނެ ތަނެއް ހެދުން |
||||
މައްސަލަ ހުށަހެޅި ފަރާތް: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް |
||||
ނިންމުން |
||||
މައްސަލަ ނިމުނުގޮތް މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، " އައްޑޫގައި ބޭރު ތޮށްޓާއި ނުލައި ހެދިފައިވާ ހަމައެކަނި ބަނަދަރަކީ ހިތަދޫ ބަނދަރުކަމަށްވެފައި އިރުން ވައިޖެހޭ ދުވަސް ވަރު އުޅަނދުފަހަރު ތޮށިގަނޑުގައި އަޅާފައި ބެހެއްޓުމަށް ތަފާތު ގިނަ ދަތިތަކާއި ކުރިމަތިވެ، މޫސުން ގޯސްވާ ވަގުތު އޮޔާއި ވައިގަދަވެ، އުޅަނދުފަހަރުތަކަށް ގެއްލުން ލިބެމުންދާތީ، ތޮށިގަނޑުމަތީ އުޅަނދު ފަހަރުގެ ވެރިންނާއި ފަޅުވެރިން މަޑުކޮށްގެން ތިބެން ޖެހިފައިވުމުން، މޫސުން ގޯސްވާ ވަގުތު އޮޔާއި ވައިން ކުދި އުޅަނދުފަހަރުތަކަށް ޙިމާޔަތް ލިބޭނެ މާޙައުލެއް ވަގުތީގޮތުން ހޯދައިދިނުމުގެ ގޮތުން، ޕްބަލިކް ވޯރކްސްގެ އެހީތެރިކަމާއެކު ސްވިމިންގ ޓްރެކުގެ ދެކުނުން މަގެއް ކޮނެ، ސްވިމިންގ ޓްރެކްގެ ހުޅަގުންއޮތް ތިލަފަޅު ފުންކޮށް، ކުދި އުޅަނދުތަކަށް ވަދެ ނިކުމެވޭގޮތަށް އެސަރަޙައްދު ބެނުންކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށާއި، ހިތަދޫ ބަނަދަރުގައި އުޅަނދުފަހަރު އަޅާފައި ބެއްޓުމަށް ދިމާވެފައިވާ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމުގެ ގޮތުން، މިއަންނަ އަހަރު ދައުލަތުގެ ބަޖެޓްގައި ހިމަނައިގެން ހިތަދޫ ބަނަދަރުގައި ބޭރުތޮށިލެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށާއި، މިގޮތަށް މަސައްކަތް ކުރެވެން ނެތްނަމަ ހިތަދޫ އަވަށުގެ އެހެން ދިމާލަކުން ބޭރު ތޮށްޓާއެކު ބަނދަރެއް ހެދުމަށް ކަނޑައެޅޭ ސަރަޙައްދެއްގެ އީ.އައި.އޭ ހަދައި ބަނދަރުގެ މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.
|
||||
ތާއީދު ކުރެއްވީ: ކައުންސިލަރ، ފައިޞަލް އިބްރާހީމް |
ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް |
|||
ވޯޓް ދެއްވި ގޮތް |
||||
ބައިވެރިވެވަޑައިނުގަންނަވާ: 00 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 05 ވޯޓް |
ވޯޓުގައި ބައިވެރިވި: 05 |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
ހިތަދޫ ސްވިމިންގ ޓުރެކް ހުޅަނގުން ޑިންގީ، ކުދި ލޯންޗް އަދި ވަދުދޯނި ތަކަށް ޚާއްޞަ ބަނަދަރު ކުރާނެ ތަނެއް ހެދުން