އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މަރަދޫގެ މަސްމާރުކޭޓް އެޅުމާއި ގުޅޭ

8 އޯގަސްޓް 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ: މަރަދޫގެ މަސްމާރުކޭޓް އެޅުމާއި ގުޅޭ

މައްސަލަ ހުށަހެޅި ފަރާތް:  ކައުންސިލަރ، ފައިޞަލް އިބްރާހީމް  

ނިންމުން

މައްސަލަ ނިމުނުގޮތް

މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، " އައްޑޫސިޓީ މަރަދޫ އަވަށަކީ އައްޑޫގެ ނިސްބަތުން އެންމެ ގިނަ މަސްވެރިން މަސްވެރިކަން  ކުރާ އަވަށަށް ވެފައި، އެ އަވަށުގައި މަސްމާރުކޭޓެއް ނެތުމުން މަސްވެރިންނާއި، ރައްޔިތުންގެ ކަންބޮޑުވުން ހުރުމާއި، އަދި މަރަދޫގެ ބަނދަރަކީ އާންމުކޮށް އައްޑޫގެ ހުރިހާ ރައްޔިތުން ދުއްވާ މަގަށްވާ ގޮތަށް އޮތް ބަނދަރަކަށްވުމާއެކު އެތަނުގައި އެކި ފަރާތްތަކުން އެކި ޒާތްޒާތުގެ ތަކެތި ބަހައްޓައިގެން މަސް ވިއްކުމުގެ ސަބަބުން ސިއްޙީގޮތުން ރައްޔިތުންނަށް ނޭދެވޭ ބަލިމަޑުކަމެއް ފެތުރިދާނެތީވެ،

މަރަދޫ މަސްމާރުކޭޓް އެޅުމަށް  ޕްރައިވެޓް ޕާރޓްނާޝިޕްގެ ދަށުން މަރަދޫ ބަނދަރުގެ އިރުމަތީފަރާތު ސަރަހައްދުން 10000 އަކަފޫޓުގެ ބިން ބަޔަކާ ހަވާލުކޮށްގެން ތަރައްޤީ ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށާއި، މި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމުގައި 5000 އަކަ ފޫޓުގެ ބިން މަސް މާރުކޭޓް އެޅުމަށް ބޭނުން ކުރުމަށާއި،  އިސްލާމްދީނާއި ރާއްޖޭގެ ޤާނޫނާއި ޚިލާފް ނުވާ ގޮތަށް ހިންގޭ ކަންކަމަށް 5000 އަކަފޫޓުގެ ބިން ތަރައްޤީ ކުރުމަށް އެފަރާތަށް ދިނުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން ވޯޓުގައި ބައިވެރިވެ ވަޑައިގަތް  މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

 

ތާއީދު ކުރެއްވީ: ކައުންސިލަރ، ޙުސައިން ޙިޔާޟް

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ފައިޞަލް އިބްރާހީމް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 03 ވޯޓް

ވޯޓުގައި ބައިވެރިވި: 03


ނިންމުން ޑައުންލޯޑް ކުރެއްވުމަށް

މަރަދޫގެ މަސްމާރުކޭޓް އެޅުމާއި ގުޅޭ


ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/242

ތާރީޚް: 8 އޯގަސްޓް 2019