މައްސަލަ |
||||
ހުށަހެޅުނު މައްސަލަ: އައްޑޫ ސިޓީ ކައުންސިލްގެ 2018 ވަނަ އަހަރަށް ލަފާކުރާ އިދާރީ ބަޖެޓް ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފޮނުވުމަށްޓަކައި ކައުންސިލުން ބަޖެޓް ފާސްކުރުމުގެ މައްސަލަ |
||||
މައްސަލަ ހުށަހެޅި ފަރާތް: ފައިނޭންސް ސެކްޝަން |
||||
ނިންމުން |
||||
މައްސަލަ ނިމުނުގޮތް: ދައުލަތުގެ 2018 ވަނަ އަހަރަށް ލަފާކުރާ ބަޖެޓްގައި ހިމެނިގެން އައްޑޫސިޓީ ކައުންސިލަށް ދައުލަތުގެ 2018ވަނަ އަހަރުގެ ލަފާކުރާ ބަޖެޓުން ލިބޭ ފައިސާ ހޯދުމަށް ހުށަހަޅަންޖެހޭ ހުށަހެޅުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ނަމްބަރު:221-AF/2017/149 ސިޓީން އެދިވަޑައިގެންފައިވާ ގޮތަށް އެ އޮތޯރިޓީއަށް ފޮނުވަން ޖެހޭތީ،މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ނަމްބަރު: 13-B/CIR/2017/18 ސަރކިއުލަރ އިން އައްޑޫސިޓީއަށް ކަނޑައަޅާފައިވާ 18.1މިލިއަން ރުފިޔާގެ ބަޖެޓް ސީލިންގ މައްޗަށް ތައްޔާރު ކުރެވިފައިވާ އައްޑޫސިޓީ ކައުންސިލްގެ 2018ވަނަ އަހަރަށް ލަފާ ކުރާ އިދާރީ ބަޖެޓް ފާސްކުރުމަށް ފެންނަ ކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢުލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ. |
||||
ތާއީދު ކުރެއްވި: ކައުންސިލަރ ޢަލީ ފަހުމީ އަހްމަދު |
ހުށަހެޅުން ހުށަހެޅި:ކައުންސިލަރ، އިބްރާހީމް ޝުކުރީ |
|||
ވޯޓް ދެއްވި ގޮތް |
||||
ބައިވެރިވެވަޑައިނުގަންނަވާ:01 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 05 ވޯޓް |
ވޯޓުގައި ބައިވެރިވި: 06 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
އައްޑޫ ސިޓީ ކައުންސިލްގެ 2018 ވަނަ އަހަރަށް ލަފާކުރާ އިދާރީ ބަޖެޓް ފާސްކުރުމުގެ މައްސަލަ