|
މައްސަލަ |
||||
|
ހުށަހެޅުނު މައްސަލަ: އައްޑޫ ސިޓީގައި ޤާއިމު ކުރެވިފައިވާ ފްލެޓް ސަރަޙައްދުގެ ސެކިއުރިޓީ ބެލެހެއްޓުން. |
||||
|
މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ، އިބްރާހީމް ޝުކުރީ |
||||
|
ނިންމުން |
||||
|
މައްސަލަ ނިމުނުގޮތް މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި " ސޯޝަލް ހައުސިންގ ޕްރޮޖެކްޓްގެ ދަށުން އައްޑޫސިޓީ ހިތަދޫ އަދި ހުޅުދޫ އަވަށުގައި ޢިމާރާތް ކޮށްފައިވާ ފްލެޓް ތަކުގެ ސެކިއުރިޓީ ބެލެހެއްޓުމަކީ މިވަގުތު ކޮންމެހެންވެސް ކުރަންޖެހިފައިވާ މުހިއްމު މަސައްކަތެއްކަން ފާހަގަކޮށް، ދައުލަތުގެ މުދަލާއި ތަކެތި ރައްކާތެރި ކަމާއެކު ބެލެހެއްޓޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން، 3 ފަރާތުގެ ކޯޓޭޝަންހޯދައި، ޤަވާއިދާއި އެއްގޮތަށް ފްލެޓްތަކުގެ ސެކިއުރިޓީ ބެލެހެއްޓޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.
|
||||
|
ތާއީދު ކުރެއްވި: ޑެޕިއުޓީމޭޔަރ، މުހައްމަދު ޔަސްރިފް |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ފައިޞަލް އިބްރާހީމް |
|||
|
ވޯޓް ދެއްވި ގޮތް |
||||
|
ބައިވެރިވެވަޑައިނުގަންނަވާ: 00 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 05 ވޯޓް |
ވޯޓުގައި ބައިވެރިވި: 05 |
|
ނިންމުން ޑައުންލޯޑް ކުރެއްވުމަށް

