އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީ ކައުންސިލްގެ ހިންގާ ޤަވާޢިދަށް އިސްލާޙް ހުށަހެޅުން

22 އޯގަސްޓް 2017     


މައްސަލަ

ހުށަހެޅުނު މައްސަލަ:

އައްޑޫ ސިޓީ ކައުންސިލްގެ ހިންގާ ޤަވާޢިދަށް އިސްލާޙް ހުށަހެޅުން

މައްސަލަ ހުށަހެޅި ފަރާތް: ޑެޕިއުޓީ މޭޔަރ މުހައްމަދު ޔަސްރިފް  

ނިންމުން

މައްސަލަ ނިމުނުގޮތް:

ދަތުރު ފަތުރު ނިޒާމަށް ދިމާވާ މައްސަލައަކާއި ގުޅިގެން ކައުންސިލް މެމްބަރުން ގަޑިޖެހުމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ކައުންސިލްގެ ހިންގާ ޤަވާޢިދުގެ 55 ވަނަ މާއްދާގެ (ށ) އަށް އައްޑޫސިޓީ ކައުންސިލް މެމްބަރަކު އޮފީހަށް ގަޑިއަށް ޙާޟިރު ނުވެވުނީ ދަތުރުފަތުރުގެ ނިޒާމަށް ދިމާވި މައްސަލައެއް ކަމުގައިވާނަމަ އެކައުންސިލަރަކު އޮފީހަށް ވަޑައިގެން، ކައުންސިލަރުންގެ ޙާޟިރީއާއި ގުޅޭ މަސައްކަތް އެވަގުތަކު ކުރައްވާ މުވައްޒަފަކަށް ދަންނަވާ، ކައުންސިލަރުންގެ ހާޟީރީ ނޯޓް ކުރާފޮތުގައި ލިޔުއްވަންވާނެއެވެ. އަދި އެދުވަހު އެ ކައުންސިލަރަކު ގަދޑި ނުޖެހޭނެއެވެ." މިގޮތަށް މާއްދާ އިތުރުކޮށް ހިންގާ ޤަވާޢިދުގެ 55 ވަނަ މާއްދާއަކީ އެމާއްދާގެ (ހ) ކަމުގައި ކަނޑައަޅައި ޤަވާޢިދު އިޞްލާޙް ކުރުމަށް ފެންނަ ކަމަށް،ހުށަހެޅުނު ހުށަހެޅުމައެކު ޤަވާޢިދު ކޮމިޓީއަށް މިމައްސަލަ ހުށަހެޅުމަށް ފެންނަކަމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ. 

ތާއީދު ކުރެއްވި: ކައުންސިލަރ އިބްރާހީމް ޝުކުރީ

ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ މުހައްމަދު ޔަސްރިފް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:00

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2017/183

ތާރީޚް: 22 އޯގަސްޓް 2017