އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކައުންސިލް އިދާރާގެ އަވަށު އޮފީސްތަކުގެ އެސިސްޓެންޓް ޑިރެކްޓަރުން ސީނިއަރ މެނޭޖްމަންޓް މީޓިންގ ގައި ބައިވެރި ކުރުން

29 އޯގަސްޓް 2017     


މައްސަލަ

ހުށަހެޅުނު މައްސަލަ:

ކައުންސިލް އިދާރާގެ އަވަށު އޮފީސްތައް ހިންގުމާއި ޙަވާލުވެ ވަޑައިގެން ތިއްބަވާ އެސިސްޓެންޓް ޑިރެކްޓަރުން ކައުންސިލް އިދާރާގައި ކޮންމެ ހަފްތާއެއްގެ އާދީއްތަ ދުވަހު ބޭއްވޭ ސީނިއަރ މެނޭޖްމަންޓް މީޓިންގ ގައި ބައިވެރި ކުރުން.

މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ، އިބްރާހީމް ޝުކުރީ   

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ އިތުރަށް ދިރާސާ ކުރުމަށް ކައުންސިލްގެ ޤަވާޢިދު ކޮމިޓީއަށް ފޮނުވައި ކޮމިޓީގެ މަޝްވަރާއާއި އެކު އަލުން މައްސަލަ ކައުންސިލްއަށް ހުށަހެޅުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢުލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ. 

ތާއީދު ކުރެއްވި: ކައުންސިލަރ، ޙުސައިން ހިޔާޟް

ހުށަހެޅުން ހުށަހެޅި:ކައުންސިލަރ އިބްރާހީމް ޝުކުރީ 

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:00

ނުފެންނަކަމަށް: 01 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2017/188

ތާރީޚް: 29 އޯގަސްޓް 2017