| 
			 ޢަމަލުކުރަންވީ ފަރާތްތައް: ސޯޝަލްސަރވިސް ސެކްޝަން ކޮޕީ: ފައިނޭންސް ސެކްޝަން، ކައުންސިލަރުން، ޑިވިޝަންތައް، ސެކްޝަންތައް، އައްޑޫސިޓީ ކައުންސިލް އިދާރާގެ ހުރިހާ އަވަށު އޮފީސްތައް، ކައުންސިލް އިދާރާގެ ދާއިމީ ކޮމިޓީތައް.  | 
		||
| 
			 މޯލްޑިވްސް ރެޑްކްރެސެންޓުން އައްޑޫސިޓީގައި ވަލްނަރަބިލިޓީ އަދި ކެޕޭސިޓީ އެސެސްމަންޓެއް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ކައުންސިލުން ގޮތެއް ނިންމުމަށް ކައުންސިލަރ މުޙައްމަދު ޔަސްރިފް ހުށަހެޅި މައްސަލަ ކައުންސިލް މަޖިލިސްގައި ނިންމިގޮތް: 
 
 މޯލްޑިވްސް ރެޑްކްރެސެންޓުން އައްޑޫސިޓީގައި ވަލްނަރަބިލިޓީ އަދި ކެޕޭސިޓީ އެސެސްމަންޓެއް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ކައުންސިލުން ގޮތެއް ނިންމުމަށް ކައުންސިލަރ މުޙައްމަދު ޔަސްރިފް ހުށަހެޅި މައްސަލަ ކައުންސިލްއަށް ބަލައިގަތުމަށާއި، މައްސަލައާއި ގުޅިގެން ކައުންސިލް މަޖިލިސްގައި މަޝްވަރާ ކުރުމަށް ފަހު، 
 ހުށަހަޅާފައިވާ މައްސަލާގައި ބަޔާން ކުރެވިފައިވާ ކަންކަމުގެމައްޗަށް ރިއާޔަތްކޮށް، އައްޑޫސިޓީގައި ކުރެވޭ މިފަދަ މުހިއްމު ސާރވޭއަކުން ޖުމްލަ ނަތީޖާ ނެރުމަކީ މުހިއްމު ކަމެއްކަމުގައިފެންނާތީ، މިސާރވޭގެ ޖުމްލަ ނަތީޖާ ނެރުމަށް މަގު ފަހިކޮށްދިނުމުގެ ގޮތުން ސިޓީގެ ހުރިހާ އަވަށެއްގައި ވަލްނަރަބިލިޓީ އަދި ކެޕޭސިޓީ އެސެސްމަންޓް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށާއި، މިއެސެސްމަންޓް ހެދުމުގެ މަސައްކަތަށް ހިނގާ ޚަރަދު ކުރުމުގައި ކައުންސިލްގެ އާމްދަނީ ބަޖެޓްގެ އިޖްތިމާޢީ ކަންކަމަށް ޚަރަދު ކުރުމަށް ކަނޑައެޅިފައިވާ ބަޖެޓް ކޯޑު ނުވަތަ ކައުންސިލްގެ އާމްދަނީ ބަޖެޓްގައި ޑިޒާސްޓަރ ކަންކަމަށް ޚަރަދު ކުރުމަށް ކަނޑައެޅިފައިވާ ބަޖެޓް ކޯޑުން 48000.00ރުފިޔާ (ސާޅީސް އަށް ހާސްރުފިޔާ) އަށްވުރެ ޚަރަދު ބޮޑުނުވާގޮތަށް ޤަވާޢިދާއި އެއްގޮތްވާގޮތުގެ މަތިން ފައިސާ ޚަރަދުކުރުމަށް ފެންނަކަމަށް" ޑެޕިއުޓީ މޭޔަރ ހުށަހެޅި ހުށަހެޅުމަށް ކައުންސިލަރ ޢަލީ ފަހުމީ އަޙްމަދު ތާއީދު ކުރެއްވިއެވެ. 
 
 މިގޮތުން ބަޔާންކުރެވި ކައުންސިލްއަށް ހުށަހެޅި ތާއީދު ލިބިފައިވާ ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ މަޖިލިސްގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުރެއްވިއެވެ. މެމްބަރުން ވޯޓު ދެއްވާފައިވާގޮތް:  | 
		||
| 
			 ބައިވެރިވެވަޑައިނުގަންނަވާ:00  | 
			
			 ނުފެންނަކަމަށް: 00 ވޯޓް.  | 
			
			 ފެންނަކަމަށް: 05 ވޯޓް  | 
		
ނިންމުން ޑައުންލޯޑް ކުރެއްވުމަށް

