އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މޭޔަރ ޢަބްދުﷲ ޞާދިޤް ޗުއްޓީއަށް އެދި ހުށަހަޅާފައިވާ މައްސަލައަށް ކައުންސިލުން ގޮތެއް ނިންމުމާ ގުޅޭ

8 ފެބުރުއަރީ 2017     


ޢަމަލުކުރަންވީ ފަރާތްތައް: ކައުންސިލް ބިއުރޯ    

ކޮޕީ: ފައިނޭންސް ސެކްޝަން، ކައުންސިލަރުން، ޑިވިޝަންތައް، ސެކްޝަންތައް، އައްޑޫސިޓީ ކައުންސިލް އިދާރާގެ ހުރިހާ އަވަށު އޮފީސްތައް، ކައުންސިލް އިދާރާގެ ދާއިމީ ކޮމިޓީތައް. 

މޭޔަރ ޢަބްދުﷲ ޞާދިޤް ޗުއްޓީއަށް އެދި ހުށަހަޅާފައިވާ މައްސަލައަށް ކައުންސިލުން ގޮތެއް ނިންމުމަށް ޑިރެކްޓަރ މުހައްމަދު ސަޢުދީ ޙަސަން ހުށަހެޅި ކުއްލި މައްސަލަ ކައުންސިލް މަޖިލިސްގައި ނިންމިގޮތް:

 

 

މޭޔަރ ޢަބްދުﷲ ޞާދިޤް 09 ފެބްރުވަރީ 2017 އިން ފެށިގެން 23 ފެބްރުވަރީ 2017 ވަނަ ދުވަހުގެ ނިޔަލަށް ޗުއްޓީއަށް އެދި ހުށަހަޅާފައިވާ މައްސަލައަށް ކައުންސިލުން ގޮތެއް ނިންމުމަށް ޑިރެކްޓަރ މުޙައްމަދު ސަޢުދީ ޙަސަން ކައުންސިލްއަށް ހުށަހެޅި ކުއްލި މައްސަލަ ކައުންސިލްއަށް ބަލައިގަތުމަށާއި، މައްސަލައާއި ގުޅިގެން ކައުންސިލް މަޖިލިސްގައި މަޝްވަރާ ކުރުމަށް ފަހު،

 

" ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 7/2010) ގެ 122ވަނަ މާއްދާއަށް ރިއާޔަތްކޮށް މޭޔަރ ޢަބްދުﷲ ޞާދިޤް އެދިވަޑައިގެންފައިވާ ގޮތުގެ މަތިން 09 ފެބްރުވަރީ 2017 އިން ފެށިގެން 23 ފެބްރުވަރީ 2017 ވަނަ ދުވަހުގެ ނިޔަލަށް ޗުއްޓީ ހަމަޖައްސަވައިދެއްވުމަށް ފެންނަކަމަށް " ޑެޕިއުޓީ މޭޔަރ ހުށަހެޅި ހުށަހެޅުމަށް ކައުންސިލަރ މުޙައްމަދު ޔަސްރިފް  ތާއީދު ކުރެއްވިއެވެ.

މިގޮތުން ބަޔާންކުރެވި ކައުންސިލްއަށް ހުށަހެޅި ތާއީދު ލިބިފައިވާ ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ މަޖިލިސްގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުރެއްވިއެވެ.

ބަޔާން ކުރެވިފައިވާ ނިންމުމާއި ގުޅިގެން މޭޔަރ ޗުއްޓީގައި ހުންނަވާ މުއްދަތުގައި އޮފީސް ހިންގުމާއި ޙަވާލުވެވަޑައިގެން ހުންނަވާނީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ޢަބްދުﷲ ޠައްޔިބު ކަމަށް ކައުންސިލުން ވަނީ ހަމަޖައްސަވާފައެވެ. އެހެން ކަމުން މިނިންމުމާއި ގުޅިގެން ހަމަޖައްސަވަން ޖެހޭ އެންމެހާ އިދާރީ އިންތިޒާމް ހަމަޖައްސަވައި ދެއްވުން އެދެމެވެ.

މެމްބަރުން ވޯޓު ދެއްވާފައިވާގޮތް:

ބައިވެރިވެވަޑައިނުގަންނަވާ:00

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ދެވަނަ ދައުރު

ނަންބަރ: 426-AA(N)/2017/10

ތާރީޚް: 8 ފެބުރުއަރީ 2017