އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ މަރަދޫފޭދޫ ފިނިމައިޒާން (މުސްކުޅިންގެ ޕާރކް) މައްސަލަ ކުރިއަށްގެންދަންވީ ގޮތުގެ ލަފައަށް އެދި ހުށަހަޅާފައިވާ މައްސަލަ

29 އޯގަސްޓް 2017     


މައްސަލަ

ހުށަހެޅުނު މައްސަލަ:

އައްޑޫސިޓީ މަރަދޫފޭދޫ ފިނިމައިޒާން (މުސްކުޅިންގެ ޕާރކް) އަކީ ރައްޔިތުންގެ ތަނެއް ކަމަށް ކަނޑައަޅަން އަމިއްލަ ފަރާތަކުން އައްޑުއަތޮޅު މަރަދޫ ފޭދޫ ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީޢަތް ނިންމި ގޮތުގެ ރިޕޯޓް އެފަރާތުން ހުށަހަޅައި މައްސަލަ ކުރިއަށްގެންދަންވީ ގޮތުގެ ލަފައަށް އެދި ހުށަހަޅާފައިވާ މައްސަލަ.

މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ، ޙުސައިން ހިޔާޟް   

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ އިތުރަށް ދިރާސާ ކުރުމަށް ކައުންސިލްގެ ލީގަލް ޔުނިޓަށް ފޮނުވުމާއި، މިމައްސަލަ ހުށަހެޅިފަރާތަށް އިތުރަށް މައްސަލައާއިގެން ކުރިއަށްގެންދަންވީ ގޮތުގެ ލަފައާއި މަޝްވަރާ ކައުންސިލްގެ ލީގަލް ޔުނިޓްގެ ލަފައާއި އިރުޝާދުގެ މަތިން ފޯރުކޮށްދެއްވުމަށާއި، މިމައްސަލަ އިތުރަށް ކޯޓަށް ހުށަހަޅާ މަރުޙަލާގައި މައްސަލައިގެ ތެރެއަށް ކައުންސިލް ތަދައްޚުލް ކުރުވުމާއި، އަދި މަރަދޫފޭދޫ ފިނިމައިޒާނަކީ މަރަދޫފޭދޫ ރައްޔިތުންގެ ޢިމާރާތަކަށްވާތީ، ރައްޔިތުން އެތަން ބޭނުންކުރުމަށް އެތަނަށް މިވަގުތު ކަރަންޓްލުމުގައި ކައުންސިލުން ކޮށްދެވެން ހުރި އެންމެހާ މަސައްކަތް ކުރިއަށްގެންދިއުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ. 

ތާއީދު ކުރެއްވި: ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް  

ހުށަހެޅުން ހުށަހެޅި:ކައުންސިލަރ އިބްރާހީމް ޝުކުރީ 

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:00

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2017/189

ތާރީޚް: 29 އޯގަސްޓް 2017