| 
			 ޢަމަލުކުރަންވީ ފަރާތްތައް: ހިތަދޫ އަވަށު އޮފީސް، ފޭދޫ އަވަށު އޮފީސް . ކޮޕީ: ފައިނޭންސް ސެކްޝަން، ކައުންސިލަރުން، ޑިވިޝަންތައް، ސެކްޝަންތައް، އައްޑޫސިޓީ ކައުންސިލް އިދާރާގެ ހުރިހާ އަވަށު އޮފީސްތައް، ކައުންސިލް އިދާރާގެ ދާއިމީ ކޮމިޓީތައް.  | 
		||||
| 
			 ހިތަދޫ ދެކުނުދާއިރާގައި އައްޑޫސިޓީ ކައުންސިލުން ހަދާފައިވާ ކުޑަކުދިންގެ ޕާކުގައި ނަންބޯޑު ޖެހުމައި ބެންޗް ބެހެއްޓުމާއި އަދި ހިތަދޫ ސްވިމިންގ ޓްރެކް ސަރަޙައްދާއި ހިތަދޫ މާކިޅި ސަރަހައްދުގައި ބެންޗް ބެހެއްޓޭނެ އިންތިޒާމް ހަމަޖައްސުމާއި މެދު ކައުންސިލުން ގޮތެއް ނިންމުމަށް ކައުންސިލަރ މުޙައްމަދު ޔަސްރިފްކައުންސިލްއަށް ހުށަހެޅި މައްސަލަ ކައުންސިލް މަޖިލިސްގައި ނިންމިގޮތް: 
 
 ހިތަދޫ ދެކުނު ދާއިރާގައި އައްޑޫސިޓީ ކައުންސިލުން ހަދާފައިވާ ކުޑަކުދިންގެ ޕާކުގައި ނަންބޯޑު ޖެހުމާއި ބެންޗް ބެހެއްޓުމާއި އަދި ހިތަދޫ ސްވިމިންގ ޓްރެކް ސަރަޙައްދާއި ހިތަދޫ މާކިޅި ސަރަހައްދުގައި ބެންޗް ބެހެއްޓޭނެ އިންތިޒާމް ހަމަޖައްސުމާއި މެދު ކައުންސިލުން ގޮތެއް ނިންމުމަށް ކައުންސިލަރ މުޙައްމަދު ޔަސްރިފް ހުށަހެޅި މައްސަލަ ކައުންސިލްއަށް ބަލައިގަތުމަށާއި، މައްސަލައާއި ގުޅިގެން ކައުންސިލް މަޖިލިސްގައި މަޝްވަރާ ކުރުމަށް ފަހު، މައްސަލައާއި ގުޅިގެން 2 ހުށަހެޅުމެއް ހުށަހެޅި ތާއީދު ލިބިފައިވެއެވެ. މިގޮތުން ހުށަހެޅުނު ފުރަތަމަ ހުށަހެޅުން :- 
 " ކައުންސިލަރ މުޙައްމަދު ޔަސްރިފް ހުށަހަޅާފައިވާ ހުށަހެޅުމަކީ މުހިއްމު ހުށަހެޅުމެއް ކަމަށާއި، ހުށަހެޅުމުގައި ބަޔާން ކުރެވިފައިވާ އެންމެހާ ނުކުތާތަކުގައި ހިމެނޭ ކަންކަމަށް ރިއާޔަތްކޮށް ހުށަހެޅުމުގައި ބަޔާންކުރެވިފައިވާ " ޕާކްގައި ނަންބޯޑު ބެހެއްޓުމުގެ މަސައްކަތަކީ، 2017 ވަނަ އަހަރުގެ އެކްޓިވިޓީ ކަލަންޑަރުގައި ހިމެނިފައިވާ މަސައްކަތެއްކަމަށް ވުމާއިއެކު ޕާކްގައި ނަންބޯޑު ބެހެއްޓުމުގެ މަސައްކަތް އައްޑޫސިޓީގެ ހުރިހާ ޕާރކްތަކެއްގައި އެކު އެކީގައި ކޮށްނިންމުމަށް ފެންނާތީ، ޕާކްގައި ނަންބޯޑު ޖެހުމުގެ މަސައްކަތް ފިޔަވައި، އެހެން ހުރިހާ މަސައްކަތްތައް ކައުންސިލަރ މުޙައްމަދު ޔަސްރިފް ހުށަހަޅާފައިވާ ގޮތަށް ޤަވާޢިދާއި އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދިއުމަށާއި، 
 މިމަސައްކަތް ކުރިއަށް ގެންދިއުމުގައި ހިތަދޫ އަވަށު އޮފީހުގެ ބެލުމުގެ ދަށުން ކަނޑައެޅިފައިވާ އުޞޫލާއި އެއްގޮތަށް ކައުންސިލްގެ އާމްދަނީ ބަޖެޓްގައި ހިތަދޫ ދެކުނު ދާއިރާގެ ރައްޔިތުންގެ ގޮތުގައި ކަންކަން ކުރުމަށް ކަނޑައެޅިފައިވާ ބަޖެޓްކޯޑުން މި މަސައްކަތަށް ހިނގާ ޚަރަދު ކުރުމަށް ފެންނަކަމަށް " ކައުންސިލަރ ޙުސައިން ޙިލްމީ ހުށަހެޅި ހުށަހެޅުމަށް ޑެޕިއުޓީ މޭޔަރ ޢަބްދުﷲ ޠައްޔިބު ތާއީދު ކުރެއްވިއެވެ. މިގޮތުން ބަޔާންކުރެވި ކައުންސިލްއަށް ހުށަހެޅި ތާއީދު ލިބިފައިވާ ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ މަޖިލިސްގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުރެއްވިއެވެ. މެމްބަރުން ވޯޓު ދެއްވާފައިވާގޮތް:  | 
		||||
| 
			 ބައިވެރިވެވަޑައިނުގަންނަވާ:00  | 
			
			 ނުފެންނަކަމަށް: 00 ވޯޓް.  | 
			
			 ފެންނަކަމަށް: 04 ވޯޓް  | 
		||
| 
			 
 މައްސަލައާއި ގުޅިގެން ހުށަހެޅި ތައީދު ލިބިފައިވާ ދެވަނަ ހުށަހެޅުން " ހުށަހެޅުމުގައި ބަޔާން ކުރެވިފައިވާ ނުކުތާތަކުގައި ހިމެނޭ ކަންކަމަށް ރިއާޔަތްކޮށް، ފޭދޫ އަވަށު ޕާކްގައި 3 ބެންޗް ބެހެއްޓޭނެ އިންތިޒާމް ހަމަޖެއްސުމަށް ކުރަންޖެހޭ އިދާރީ އަދި ޓެކްނިކަލް މަސައްކަތް ކުރުމަށާއި މިމަސައްކަތް ކުރިއަށް ގެންދިއުމުގައި ފޭދޫ އަވަށު އޮފީހުގެ ބެލުމުގެ ދަށުން ކަނޑައެޅިފައިވާ އުޞޫލާއި އެއްގޮތަށް ކައުންސިލްގެ އާމްދަނީ ބަޖެޓްގައި ފޭދޫ ދާއިރާގެ ރައްޔިތުންގެ ގޮތުގައި ކަންކަން ކުރުމަށް ކަނޑައެޅިފައިވާ ބަޖެޓްކޯޑުން މި މަސައްކަތަށް ހިނގާ ޚަރަދު ކުރުމަށް ފެންނަކަމަށް " ކައުންސިލަރ ޢަލީ ފަހުމީ އަޙްމަދު ހުށަހެޅި ހުށަހެޅުމަށް ކައުންސިލަރ ޙުސައިން ޙިލްމީ ތާއީދު ކުރެއްވިއެވެ. މިގޮތުން ބަޔާންކުރެވި ކައުންސިލްއަށް ހުށަހެޅި ތާއީދު ލިބިފައިވާ ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ މަޖިލިސްގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުރެއްވިއެވެ. މެމްބަރުން ވޯޓު ދެއްވާފައިވާގޮތް:  | 
		||||
| 
			 ބައިވެރިވެވަޑައިނުގަންނަވާ:00  | 
			
			 ނުފެންނަކަމަށް: 00 ވޯޓް.  | 
			
			 ފެންނަކަމަށް: 04 ވޯޓް  | 
		||
ނިންމުން ޑައުންލޯޑް ކުރެއްވުމަށް

