އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ އެވޯޑް ޙަފްލާ ލައިވްކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ

14 ފެބުރުއަރީ 2017     


ޢަމަލުކުރަންވީ ފަރާތްތައް: އިވެލުއޭޝަން ކޮމިޓީ     

ކޮޕީ: ފައިނޭންސް ސެކްޝަން، ކައުންސިލަރުން، ޑިވިޝަންތައް، ސެކްޝަންތައް، އައްޑޫސިޓީ ކައުންސިލް އިދާރާގެ ހުރިހާ އަވަށު އޮފީސްތައް، ކައުންސިލް އިދާރާގެ ދާއިމީ ކޮމިޓީތައް. 

އައްޑޫ އެވޯޑް ޙަފްލާ ލައިވްކޮށްދޭނެ ފަރާތެއް ހޯދުމުގެ މައްސަލައަށް ކައުންސިލުން ގޮތެއް ނިންމުމަށް އިވެލުއޭޝަން ކޮމިޓީއިން ހުށަހެޅި މައްސަލަ ކައުންސިލް މަޖިލިސްގައި ނިންމިގޮތް:

 

 

އައްޑޫ އެވޯޑް ޙަފްލާ ލައިވްކޮށްދޭނެ ފަރާތެއް ހޯދުމުގެ މައްސަލައަށް ކައުންސިލުން ގޮތެއް ނިންމުމަށް އިވެލުއޭޝަން ކޮމިޓީއިން ހުށަހެޅި މައްސަލަ ކައުންސިލްއަށް ބަލައިގަތުމަށާއި، މައްސަލައާއި ގުޅިގެން ކައުންސިލް މަޖިލިސްގައި މަޝްވަރާ ކުރުމަށް ފަހު،

 

" ކޮމިޓީގެ ނިންމުމާއި އެއްގޮތަށް މައްސަލަ ކުރިއަށް ގެންދިއުމަށް ފެންނަކަމަށް " ކައުންސިލަރ ޙުސައިން ޙިލްމީ ހުށަހެޅި ހުށަހެޅުމަށް ކައުންސިލަރ މުޙައްމަދު ޔަސްރިފް  ތާއީދު ކުރެއްވިއެވެ.

މިގޮތުން ބަޔާންކުރެވި ކައުންސިލްއަށް ހުށަހެޅި ތާއީދު ލިބިފައިވާ ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ މަޖިލިސްގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުރެއްވިއެވެ.

މެމްބަރުން ވޯޓު ދެއްވާފައިވާގޮތް:

ބައިވެރިވެވަޑައިނުގަންނަވާ:00

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 03 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(N)/2017/15

ތާރީޚް: 14 ފެބުރުއަރީ 2017