އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީގައި ތާރީޚާއި ސަޤާފަތް ކުރިއެރުވުމުގެ މަސައްކަތް ކުރިއަށް ގެންދިއުމާ ގުޅޭ

14 ފެބުރުއަރީ 2017     


ޢަމަލުކުރަންވީ ފަރާތްތައް: ސޯޝަލްސަރވިސް ސެކްޝަން    

ކޮޕީ: ފައިނޭންސް ސެކްޝަން، ކައުންސިލަރުން، ޑިވިޝަންތައް، ސެކްޝަންތައް، އައްޑޫސިޓީ ކައުންސިލް އިދާރާގެ ހުރިހާ އަވަށު އޮފީސްތައް، ކައުންސިލް އިދާރާގެ ދާއިމީ ކޮމިޓީތައް. 

އައްޑޫ އެވޯޑް ޙަފްލާ ލައިވްކޮށްދޭނެ ފަރާތެއް ހޯދުމުގެ މައްސަލައަށް ކައުންސިލުން ގޮތެއް ނިންމުމަށް އިވެލުއޭޝަން ކޮމިޓީއިން ހުށަހެޅި މައްސަލަ ކައުންސިލް މަޖިލިސްގައި ނިންމިގޮތް:

 

 

އައްޑޫސިޓީގައި ތާރީޚާއި ސަޤާފަތް ކުރިއެރުވުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ކައުންސިލުން ގޮތެއް ނިންމުމަށް ކައުންސިލަރ ޙުސައިން ޙިލްމީ ހުށަހެޅި މައްސަލަ ކައުންސިލްއަށް ބަލައިގަތުމަށާއި، މައްސަލައާއި ގުޅިގެން ކައުންސިލް މަޖިލިސްގައި މަޝްވަރާ ކުރުމަށް ފަހު،

 

" އައްޑޫސިޓީގެ ތާރީޚާއި ޘަޤާފަތް ދިރުވައި އާލާ ކުރުމަކީ ސިޓީގެ ރައްޔިތުންގެ ޙައްޤުގައި ކުރަންޖެހިފައިވާ މުހިއްމު ބޭނުންތެރިކަމެއްކަމަށް ޤަބޫލުކުރެވޭތީއާއި، ދާދިފަހުން އައްޑޫގައި ބޭއްވުނު އެވޯޑްހަފްލާއަށް ދަޢުވަތު އަރުވައިގެން ވަޑައިގެންނެވި މެހްމާނުންނަށް ސިޓީކައުންސިލުން ދެއްވި " އައްޑޫ ހެރިޓޭޖް ސައިޓް ޓުއަރ" އިން މިދަތުރުގެ ބައިވެރިންނަށް ލިބިގެންދިޔަ މައުލޫމާތާއި ތަޖްރިބާއަށް ބަލައި މިކަމުގެ މުހިއްމުކަން އިތުރަށް ފާހަގަކުރެވި،

އައްޑޫގެ ތާރީޚަކީ މުޅި ރާއްޖެއަށްވެސް މުހިއްމު ތާރީޚް ތަކެއްހުރި ތަނެއް ކަމުގައި ވުމާއި، އަދި އައްޑޫގެ ސްކޫލްތަކާއި ޔުނިވަރސިޓީތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް އައްޑޫގެ ތަރީޚް ދިރާސާކޮށް އުނގެނުމުގެ މަގުފަހިކޮށްދިނުމަކީ މުހިއްމު ބޭނުންތެރިކަމެއްކަމުގައި ދެކޭކަމަށާއި އަދި،

 އައްޑޫގެ އަގުބޮޑު ތާރީޚް ނުބެލެހެއްޓި ދޫކުރެވިއްޖެނަމަ އަންނަންއޮތް ޖީލާއި ހަމައަށް މިތާރީޚް ގެންގޮސް ނުދެވިދާނެތީ، އައްޑޫގެ ތާރީޚާއި ޘަޤާފަތް ކުރިއެރުވުމަށް ކައުންސިލްގެ ޤާބިލުކަން ހުރިމިންވަރުން މަސައްކަތް ކުރުމަކީ މުހިއްމު ކަމެއްކަމެއް ކަމުގައި ދެކޭހިނދު، އައްޑޫގެ ތާރީޚާއި ޘަޤާފަތް ދިރުވައި އާލަކުރުމުގެ މަސައްކަތް ކުރުމުގެ ގޮތުން:-

 

 

  1.  އައްޑޫގައި ހުރި އާޘާރީ ހުރިހާތަންތަން ހޯދާ ބަލައި، އެތަންތަނަކީ އާޘާރީ ތަންތަންކަން އެނގޭގޮތަށް ނަންބޯޑުޖެހުން.
  2. އައްޑޫގައި ހުރި އާޘާރީ ތަންތަނުގައި އެތަންތަނާއި ގުޅޭ ކުރު ތައާރަފް ލިޔެ ބެހެއްޓުން.
  3. އައްޑޫގެ ތާރީޚް ދައްކުވައިދޭ ޗާޓް ތައްޔާރުކޮށް ބެހެއްޓުން.
  4. އައްޑޫގެ ފަތުރުވެރިކަން ކުރިއެރުވުމަށް މަސައްކަތްކުރާ ރިސޯޓް، ގެސްޓް ހައުސް ފަދަ ތަންތަނަށް އައްޑޫގެ ތަރީޚާއި ޘަޤާފަތުގެ މުހިއްމުކަމާއި ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުން.
  5. އައްޑޫގައި ޓުއަރ ގައިޑުން ތަމްރީނު ކުރުން.
  6. ތާރީޚީ ބިނާ ތަކަށާއި ތަންތަނުގެ މުހިއްމުކަމަށް މީހުން އަހުލުވެރި ކުރުމާއި އެތަންތަނުގެ ބޭނުންތެރިކަމާއި ގުޅޭގޮތުން ޢާއްމު ރައްޔިތުން ހޭލުންތެރި ކުރުމަށް ޕްރޮގްރާމް ހިންގުން.
  7. އައްޑޫސިޓީގެ ތާރީޚީ ސަރަޙައްދުތައް ދިވެހިރާއްޖޭގެ ނޭޝަނަލް ހެރިޓޭޖްގައި ކްލެސިފައި ކުރުމާއި މިތަންތަން ބެލެހެއްޓުމުގެ މުހިއްމުކަން ހެރިޓޭޖް ޑިޕާޓްމަންޓްގެ ސަމާލުކަމަށް ގެންދިއުން.  
  8. ފާހަގަ ކުރެވިފައިވާ ކަންކަން ކުރިއަށްގެންދިއުމުގައި ހިނގާނެ ކަމަށް ލަފާކުރެވޭ ޚަރަދު ކަމާއި ގުޅޭ ސެކްޝަނުން ބަލައި އެ ޚަރަދު ކައުންސިލްގެ ރަސްމީ ބައްދަލުވުމަށް ހުށަހެޅުން.

މަތީގައި ބަޔާން ކުރެވިފައިވާ ނުކުތާތަކުގައި ހިމެނޭ މަސައްކަތް ކުރުމުގައި ޓެކްނިކަން އަދި އިދާރީ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތް ޤަވާޢިދާއި އެއްގޮތްވާގޮތުގެ މަތިން ކުރިއަށްގެންދިއުމަށްފެންނަކަމަށް " ކައުންސިލަރ ޙުސައިން ޙިލްމީ ހުށަހެޅި ހުށަހެޅުމަށް ކައުންސިލަރ މުޙައްމަދު ޔަސްރިފް  ތާއީދު ކުރެއްވިއެވެ.

މިގޮތުން ބަޔާންކުރެވި ކައުންސިލްއަށް ހުށަހެޅި ތާއީދު ލިބިފައިވާ ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ މަޖިލިސްގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުރެއްވިއެވެ.

މެމްބަރުން ވޯޓު ދެއްވާފައިވާގޮތް:

ބައިވެރިވެވަޑައިނުގަންނަވާ:00

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 03 ވޯޓް




ބާވަތް: ނިންމުން

ދައުރު: ދެވަނަ ދައުރު

ނަންބަރ: 426-AA(N)/2017/17

ތާރީޚް: 14 ފެބުރުއަރީ 2017