| 
			 ޢަމަލުކުރަންވީ ފަރާތްތައް: ހިތަދޫ އަވަށު އޮފީސް ކޮޕީ: ފައިނޭންސް ސެކްޝަން، ކައުންސިލަރުން، ޑިވިޝަންތައް، ސެކްޝަންތައް، އައްޑޫސިޓީ ކައުންސިލް އިދާރާގެ ހުރިހާ އަވަށު އޮފީސްތައް، ކައުންސިލް އިދާރާގެ ދާއިމީ ކޮމިޓީތައް.  | 
		||
| 
			 ހިތަދޫ ދެކުނު ދާއިރާގައި އައްޑޫސިޓީ ކައުންސިލުން ހެދި ކުޑަކުދިންގެ ޕާރކްގައި ޓްރީ ހައުސްއެއް ހެދުމުގައި ކައުންސިލުން ގޮތެއް ނިންމުމަށް ކައުންސިލަރ މުޙައްމަދު ޔަސްރިފް ހުށަހެޅި މައްސަލަ ކައުންސިލް މަޖިލިސްގައި ނިންމިގޮތް: 
 
 ހިތަދޫ ދެކުނު ދާއިރާގައި އައްޑޫސިޓީ ކައުންސިލުން ހެދި ކުޑަކުދިންގެ ޕާރކްގައި ޓްރީ ހައުސްއެއް ހެދުމުގައި ކައުންސިލުން ގޮތެއް ނިންމުމަށް ކައުންސިލަރ މުޙައްމަދު ޔަސްރިފް ހުށަހެޅި މައްސަލަ ކައުންސިލްއަށް ބަލައިގަތުމަށާއި، މައްސަލައާއި ގުޅިގެން ކައުންސިލް މަޖިލިސްގައި މަޝްވަރާ ކުރުމަށް ފަހު، 
 " ހިތަދޫ ދެކުނު ދާއިރާގެ ޕާރކްގައި ޓްރީ ހައުސްއެއް ހަދައި ތަރައްޤީ ކުރެވޭނެފަދަ ގަހެއް ހުރުމާއެކު މިގަހުގެ ބޭނުން އެންމެ އެކަށީގެންވާ ގޮތުގައި ހިފުމަށް ޕާރކް ބޭނުން ކުރާ ކުޑަކުދިންނަށް ބޭނުންކުރެވޭ ގޮތަށް އެކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައި ޕާރކްގައި ޓްރީ ހައުސްއެއް ހެދުމަށް ފެންނަކަމަށާއި، މިކަމުގައި އިދާރީ އަދި ޓެކްނިކަލް ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތް ( ޑިޒައިން އެންޑް ބިލްޑް ޕްރޮޖެކްޓަކަށް އިޢުލާނުކޮށް) ޤަވާޢިދާއި އެއްގޮތްވާ ގޮތުގެ މަތިން ހިތަދޫ އަވަށު އޮފީހުގެ ބެލުމުގެ ދަށުން ކުރުމަށް ފެންނަކަމަށާއި، މިމަސައްކަތަށް ހިނގާ ޚަރަދު، ކައުންސިލް އިދާރާގެ ހިތަދޫ ދެކުނު ދާއިރާގެ ރައްޔިތުންގެ ގޮތުގައި ކަންކަން ކުރުމަށް ކަނޑައެޅިފައިވާ ބަޖެޓުން ކުރުމަށްފަހު މަސައްކަތުގެ ޚަރަދު ރިޕޓް ކައުންސިލްއަށް ހުށަހެޅުމަށް ފެންނަކަމަށް " ކައުންސިލަރ މުޙައްމަދު ޔަސްރިފް ހުށަހެޅި ހުށަހެޅުމަށް ކައުންސިލަރ ޙުސައިން ޙިލްމީ ތާއީދު ކުރެއްވިއެވެ. މިގޮތުން ބަޔާންކުރެވި ކައުންސިލްއަށް ހުށަހެޅި ތާއީދު ލިބިފައިވާ ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ މަޖިލިސްގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުރެއްވިއެވެ. މެމްބަރުން ވޯޓު ދެއްވާފައިވާގޮތް:  | 
		||
| 
			 ބައިވެރިވެވަޑައިނުގަންނަވާ:00  | 
			
			 ނުފެންނަކަމަށް: 00 ވޯޓް.  | 
			
			 ފެންނަކަމަށް: 03 ވޯޓް  | 
		
ނިންމުން ޑައުންލޯޑް ކުރެއްވުމަށް

