އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކައުންސިލުން ވޭނެއް ހޯދުމަށް ކަކީ ޕްރައިވެޓް ލިމިޓެޑްއާއި އެކު ވެވުނު އެއްބަސްވުން ކޯޓުން ބާޠިލްކޮށްފާއިވާ މައްސަލައާ ގުޅޭ

21 ފެބުރުއަރީ 2017     


ޢަމަލުކުރަންވީ ފަރާތްތައް: ކައުންސިލް ބިއުރޯ      

ކޮޕީ: ފައިނޭންސް ސެކްޝަން، ކައުންސިލަރުން، ޑިވިޝަންތައް، ސެކްޝަންތައް، އައްޑޫސިޓީ ކައުންސިލް އިދާރާގެ ހުރިހާ އަވަށު އޮފީސްތައް، ކައުންސިލް އިދާރާގެ ދާއިމީ ކޮމިޓީތައް. 

ކައުންސިލްއިން އިޢުލާނުކޮށް އެއްބަސްވުން ހަދައި ކައުންސިލުން ވޭނެއް ހޯދުމަށް ކަކީ ޕްރައިވެޓް ލިމިޓެޑްއާއި އެކު ވެވުނު އެއްބަސްވުން ކޯޓުން ބާޠިލްކޮށްފާއިވާ މައްސަލައަށް ގޮތެއް ނިންމުމަށް ކައުންސިލަރ މުޙައްމަދު ޔަސްރިފް ހުށަހެޅި ކުއްލި މައްސަލަ ކައުންސިލް މަޖިލިސްގައި ނިންމިގޮތް:

 

 

ކައުންސިލްއިން އިޢުލާނުކޮށް އެއްބަސްވުން ހަދައި ކައުންސިލުން ވޭނެއް ހޯދުމަށް ކަކީ ޕްރައިވެޓް ލިމިޓެޑްއާއި އެކު ވެވުނު އެއްބަސްވުން ކޯޓުން ބާޠިލްކޮށްފާއިވާ މައްސަލައަށް ގޮތެއް ނިންމުމަށް ކައުންސިލަރ މުޙައްމަދު ޔަސްރިފް ހުށަހެޅި ކުއްލި މައްސަލަ ކައުންސިލްއަށް ބަލައިގަތުމަށާއި، މައްސަލައާއި ގުޅިގެން ކައުންސިލް މަޖިލިސްގައި މަޝްވަރާ ކުރުމަށް ފަހު،

 

" ކައުންސިލްގެ ނަމުގައިވާ މުދަލެއް އެއްވެސް ފަރާތަކަށް ދޫކުރެވޭނީ ކައުންސިލްގެ 3ބައިކުޅަ 2ބައިގެ އަޢުލަބިއްޔަތު ލިބިގެން ކަމަށްވާތީ، މިއަދުގެ ޖަލްސާގައި ބަޔާން ކުރެވިފައިވާ ޤާނޫނީ ޢަދަދު ހަމަވާ މިންވަރަށް މެމްބަރުން ޙާޟިރުވެފައި ނުވުމާއެކު، މިމައްސަލަ ކުރިއަށް ގެންދެވޭނީ ކަނޑައެޅިފައިވާ ޤާނޫނީ ޢަދަދު ހަމަވާވަރަށް މެމްބަރުން ޙާޟިރުވެފައިވާ ޖަލްސާއަކަށް ހުށަހެޅިގެން ކަމަށްވާތީ ކުރިއަށްއޮތް ހަފްތާގެ ޖަލްސާއަށް މި މައްސަލަ ހުށަހެޅުމަށް ފެންނަކަށް " ކައުންސިލުން ކަނޑައެޅުއްވިއެވެ.  




ބާވަތް: ނިންމުން

ދައުރު: ދެވަނަ ދައުރު

ނަންބަރ: 426-AA(N)/2017/19

ތާރީޚް: 21 ފެބުރުއަރީ 2017