އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކައުންސިލުން ކުރިއަށް ގެންދާ ޕްރޮޖެކްޓް ތަކުގެ ތެރެއިން 3 ޕްރޮޖެކްޓެއްގެ މަސައްކަތް ކުރިއަށް ގެންދިއުމާ ގުޅޭ

21 ފެބުރުއަރީ 2017     


ޢަމަލުކުރަންވީ ފަރާތްތައް: އިވެލުއޭޝަން ކޮމިޓީ     

ކޮޕީ: ފައިނޭންސް ސެކްޝަން، ކައުންސިލަރުން، ޑިވިޝަންތައް، ސެކްޝަންތައް، އައްޑޫސިޓީ ކައުންސިލް އިދާރާގެ ހުރިހާ އަވަށު އޮފީސްތައް، ކައުންސިލް އިދާރާގެ ދާއިމީ ކޮމިޓީތައް. 

އައްޑޫސިޓީ ކައުންސިލުން ކުރިއަށް ގެންދާ ޕްރޮޖެކްޓް ތަކުގެ ތެރެއިން 3 ޕްރޮޖެކްޓެއްގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ކައުންސިލުން ގޮތެއް ނިންމުމަށް އިވެލުއޭޝަން ކޮމިޓީއިން ހުށަހެޅި މައްސަލަ ކައުންސިލް މަޖިލިސްގައި ނިންމިގޮތް:

 

 

އައްޑޫސިޓީ ކައުންސިލުން ކުރިއަށް ގެންދާ ޕްރޮޖެކްޓް ތަކުގެ ތެރެއިން އައްޑޫސިޓީގެ ހިތަދޫ އަވަށު މެދު ދާއިރާގައި ފިނިމައްޒާނެއް ހެދުމުގެ މަސައްކަތާއި، އައްޑޫސިޓީގެ ހިތަދޫ އަވަށު ދެކުނު ދާއިރާގައި ފިނިމައްޒާނެއް ހެދުމުގެ މަސައްކަތް އަދި، އައްޑޫސިޓީގެ ހިތަދޫ އަވަށު އީދިގަލި ދަނޑުގައި ލައިޓް ޕޯސްޓް ހަރުކޮށް ކަރަންޓް ގުޅައިދިނުމުގެ މަސައްކަތް  ކުރިއަށް ގެންދިއުމުގައި ކައުންސިލުން ގޮތެއް ނިންމުމަށް އިވެލުއޭޝަން ކޮމިޓީއިން ހުށަހެޅި މައްސަލަ ކައުންސިލްއަށް ބަލައިގަތުމަށާއި، މައްސަލައާއި ގުޅިގެން ކައުންސިލް މަޖިލިސްގައި މަޝްވަރާ ކުރުމަށް ފަހު،

 

" އިވެލުއޭޝަން ކޮމިޓީއިން ހުށަހަޅާފައިވާ 3 ހުށަހެޅުމަކީ ޤަވާޢިދުގައިވާ ގޮތުގެމަތިން މަސައްކަތް ކުރިއަށް ގެންދިއުމުގައި ފުރިހަމަ ކުރަންޖެހޭ މަރުޙަލާތައް ނިންމުމަށްފަހު މަސައްކަތް ކުރިއަށްގެންދިއުމުގައި ކައުންސިލްގެ ބަސް ހޯދުމަށް ހުށަހެޅިފައިވާ މައަސަލަކަމަށްވީހިނދު، މިމަސައްކަތް ޤަވާޢިދާއި އެއްގޮތްވާގޮތުގެ މަތިން ކޮމިޓީގެ ނިންމުމުމާއި އެއްގޮތަށް ކުރިއަށްގެންދިއުމަށް  ފެންނަކަމަށް " ކައުންސިލަރ ޙުސައިން ޙިލްމީ ހުށަހެޅި ހުށަހެޅުމަށް ކައުންސިލަރ މުޙައްމަދު ޔަސްރިފް  ތާއީދު ކުރެއްވިއެވެ.

މައްސަލަތައް ކުރިއަށް ގެންދިއުމަށް އިވެލުއޭޝަން ކޮމިޓީއިން ނިންނިގޮތް:-

  1. އައްޑޫސިޓީގެ ހިތަދޫ އަވަށު މެދުދާއިރާގައި ފިނިމައިޒާނެއް ހެދުމުގެ މަސައްކަތް  ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު IUL)426-AA/426/2017/16) އިއުލާނާއި ގުޅިގެން ހުށަހެޅިފައިވާ 03 ފަރާތެއްގެ ހުށަހެޅުން އިވެލުއޭޝަން ކޮމިޓީއިން ވަނީ ބަލައިގެންފައެވެ. ކޮމިޓީއިން މައްސަލަ ބެލި ބެލުމުގައި އެސްޓާރން އައްޑޫ އިންވެސްޓްމަންޓްއިން އީދިގަލިދަނޑުގެ 2 ވަނަ ފިޔަވަހީގެ މަސައްކަތް ކުރުމުގައި މަައްސަލަތަކެއް ކުރިމަތިވެފައިވާކަން ފާހަނގަ ކޮމިޓީގެ ބައެއް މެމްބަރުން މިފަރާތްތަކަށް މާކްސް ނުދެއްވައެވެ. އަދި މެމްބަރުންގެ މެދުގައި މަޝްވަރާކުރެވިއެސްޓާރން އައްޑޫ އިންވެސްޓްމަންޓާއި އިތުރު މަސައްކަތް ހަވާލުކުރުން އެންމެ ރަނގަޅު ނޫންކަމަށް އެއްބަސްވެވި ބީލަންތަކަށް މާކްސް ދެވުނެވެ. މިގޮތުން އިވެލުއޭޝަނުގައި އެންމެ މަތީ މާކްސް، %98.80 މާކްސް ލިބިފައިވަނީ ފަޒާ ބިޒްނަސް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް އަށެވެ. ވީމާ ފަޒާ ބިޒްނަސް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ހުށަހެޅުމާއި އެއްގޮތަށް އެއްބަސްވުން ތައްޔާރު ކޮށް މިފަރާތާއި މަސައްކަތް ހަވާލުކުރުމަށް ކޮމިޓީއިން ނިންމެވިއެވެ.
  2. އައްޑޫސިޓީގެ ހިތަދޫ އަވަށު ދެކުނު ދާއިރާގައި ފިނިމައިޒާނެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު IUL)426-AA/426/2017/18) އިއުލާނާއި ގުޅިގެން ހުށަހެޅިފައިވާ 03 ފަރާތެއްގެ ހުށަހެޅުން އިވެލުއޭޝަން ކޮމިޓީއިން ވަނީ ބަލައިގެންފައެވެ. ކޮމިޓީއިން މައްސަލަ ބެލި ބެލުމުގައި އެސްޓާރން އައްޑޫ އިންވެސްޓްމަންޓްއިން އީދިގަލިދަނޑުގެ 2 ވަނަ ފިޔަވަހީގެ މަސައްކަތް ކުރުމުގައި މަައްސަލަތަކެއް ކުރިމަތިވެފައިވާކަން ފާހަނގަ ކޮމިޓީގެ ބައެއް މެމްބަރުން މިފަރާތްތަކަށް މާކްސް ނުދެއްވައެވެ. އަދި ކޫގާރ ކޫގާރ ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑްއިން ހުށަހަޅާފައިވާ ތަޖުރިބާގެ ލިޔުންތަކަކީ ދޮންކަބުލޮ އިންވެސްޓްމަންޓުގެ ތަޖުރިބާގެ ލިޔުންކަމަށް ފާހަނގަކުރެވި މިފަރާތަށް ތަޖުރިބާގެ މާކްސް ނުދެއްވައެވެ. މިގޮތުން މިފަރާތަށް ބީލަން ހުށަހެޅުމުގައި މިފަދަ ކަމެއް ތަކުރާރު ނުކުރުމަށް ލިޔުމުން އެންގުމަށް ކޮމިޓީއިން އެދިލައްވައެވެ. އަދި މެމްބަރުންގެ މެދުގައި މަޝްވަރާކުރެވި ބީލަންތަކަށް މާކްސް ދެވުނެވެ. މިގޮތުން އިވެލުއޭޝަނުގައި އެންމެ މަތީ މާކްސް، %98.20 މާކްސް ލިބިފައިވަނީ ފަޒާ ބިޒްނަސް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް އަށެވެ. ވީމާ ފަޒާ ބިޒްނަސް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ހުށަހެޅުމާއި އެއްގޮތަށް އެއްބަސްވުން ތައްޔާރު ކޮށް މިފަރާތާއި މަސައްކަތް ހަވާލުކުރުމަށް ކޮމިޓީއިން ނިންމެވިއެވެ.
  3. އައްޑޫސިޓީގެ ހިތަދޫ އަވަށު އީދިގަލި ދަނޑުގައި ލައިޓްޕޯސްޓް ހަރުކޮށް ކަރަންޓު ގުޅައިދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު IUL)426-AA/426/2016/254) އިއުލާނާއި ގުޅިގެން ހުށަހެޅިފައިވާ 03 ފަރާތެއްގެ ހުށަހެޅުން އިވެލުއޭޝަން ކޮމިޓީއިން ވަނީ ބަލައިގެންފައެވެ. ކޮމިޓީއިން  މައްސަލަ ބެލި ބެލުމުގައި ދާގަނޑު ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހިތަދޫ އަވަށު ކަސަބާދަނޑުގެ މަސައްކަތް ކާމިޔާބު ކުރުމަށް ފަހު މަސައްކަތް ނުފެށި ލަސްވެފައިވާ މައްސަލައޮތުމާއި އަދި އެސްޓާރން އައްޑޫ އިންވެސްޓްމަންޓްއިން އީދިގަލިދަނޑުގެ 2 ވަނަ ފިޔަވަހީގެ މަސައްކަތް ކުރުމުގައި މައްސަލަތަކެއް ކުރިމަތިވެފައިވާކަން ފާހަނގަ ކޮމިޓީގެ ބައެއް މެމްބަރުން މިފަރާތްތަކަށް މާކްސް ނުދެއްވައެވެ. އަދި މެމްބަރުންގެ މެދުގައި މަޝްވަރާކުރެވި އެފަރާތްތަކާއި އިތުރު މަސައްކަތް ހަވާލުކުރުން އެންމެ ރަނގަޅު ނޫންކަމަށް އެއްބަސްވެވި ބީލަންތަކަށް މާކްސް ދެވުނެވެ. މިގޮތުން އިވެލުއޭޝަނުގައި އެންމެ މަތީ މާކްސް، %78.98 މާކްސް ލިބިފައިވަނީ އެމް. އެސް މެރިން އަށެވެ. ވީމާ އެމް. އެސް މެރިން ގެ ހުށަހެޅުމާއި އެއްގޮތަށް އެއްބަސްވުން ތައްޔާރު ކޮށް މިފަރާތާއި މަސައްކަތް ހަވާލުކުރުމަށް ކޮމިޓީއިން އެދިވަޑައިގަންނަވައެވެ.

މިގޮތުން ބަޔާންކުރެވި ކައުންސިލްއަށް ހުށަހެޅި ތާއީދު ލިބިފައިވާ ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ މަޖިލިސްގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުރެއްވިއެވެ.

މެމްބަރުން ވޯޓު ދެއްވާފައިވާގޮތް:

ބައިވެރިވެވަޑައިނުގަންނަވާ:00

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 03 ވޯޓް




ބާވަތް: ނިންމުން

ދައުރު: ދެވަނަ ދައުރު

ނަންބަރ: 426-AA(N)/2017/20

ތާރީޚް: 21 ފެބުރުއަރީ 2017