މައްސަލަ |
||||
ހުށަހެޅުނު މައްސަލަ: ރިޕަބްލިކް އޮފް ޗައިނާގެ ގުއާންޑޮންގ ޕްރޮވިންސްގެ ހުއިޒޯ ސިޓީ އާއި އައްޑޫސިޓީ ކައުންސިލާއެކު ސިސްޓަރ ސިޓީ ރިލޭޝަންޝިޕް ޤާއިމުކުރުމަށް ކުރެވެމުން އައި މަސައްކަތް މެދު ކެނޑިފައިވާތީ، މިކަމުގައި ކުރަންޖެހޭ މަސައްކަތް ކުރިއަށް ގެންދިއުމުގައި ކައުންސިލުން ގޮތެއް ނިންމުން. |
||||
މައްސަލަ ހުށަހެޅި ފަރާތް: މޭޔަރ ޢަބްދުﷲ ޞާދިޤ |
||||
ނިންމުން |
||||
މައްސަލަ ނިމުނުގޮތް: މިމައްސަލަ އާއި ގުޅިގެން ލިބިފައިވާ ޤަނޫނީ ލަފައާއި އެއްގޮތަށް މައްސަލަ ކުރިއަށް ގެންދިއުމުގައި، ތާރީޚެއް ކަނޑައަޅައި އަދި އެތާރީޚުގައި ކުރަންޖެހޭ ދަތުރު ކުރުމަށް ޔުނައިޓެޑް ސިޓީސް އެންޑް ލޯކްލް ގަވަރމެންޓްސް އޭޝިއާ ޕެސިފިކް "UCLG ASPAC" ގެ އެހީތެރިކަން ހޯދުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢުލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ. |
||||
ތާއީދު ކުރެއްވި: ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް |
ހުށަހެޅުން ހުށަހެޅި:މޭޔަރ ޢަބްދުﷲ ޝާދިޤް |
|||
ވޯޓް ދެއްވި ގޮތް |
||||
ބައިވެރިވެވަޑައިނުގަންނަވާ:00 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 06 ވޯޓް |
ވޯޓުގައި ބައިވެރިވި: 06 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
