އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީގެ 2 އަވަށެއްގައި ޕަމްޕްހައުސް ހެދުމުގެ މަސައްކަތާއި ގުޅޭ

21 ފެބުރުއަރީ 2017     


ޢަމަލުކުރަންވީ ފަރާތްތައް: ޕްރޮޖެކްޓް ސެކްޝަން    

ކޮޕީ: ފައިނޭންސް ސެކްޝަން، ކައުންސިލަރުން، ޑިވިޝަންތައް، ސެކްޝަންތައް، އައްޑޫސިޓީ ކައުންސިލް އިދާރާގެ ހުރިހާ އަވަށު އޮފީސްތައް، ކައުންސިލް އިދާރާގެ ދާއިމީ ކޮމިޓީތައް. 

އައްޑޫސިޓީގެ 2 އަވަށެއްގައި ޕަމްޕް ހައުސް ހެދުމުގެ މަސައްކަތާއި މެދު ކައުންސިލުން ގޮތެއް ނިންމުމަށް ޕްރޮޖެކްޓް ސެކްޝަނުން ހުށަހެޅި މައްސަލަ ކައުންސިލް މަޖިލިސްގައި ނިންމިގޮތް:

 

 

އައްޑޫސިޓީގެ 2 އަވަށެއްގައި ޕަމްޕްހައުސް ހެދުމުގެ މަސައްކަތާއި މެދު ކައުންސިލުން ގޮތެއް ނިންމުމަށް ޕްރޮޖެކްޓް ސެކްޝަނުން ހުށަހެޅި މައްސަލަ ކައުންސިލްއަށް ބަލައިގަތުމަށާއި، މައްސަލައާއި ގުޅިގެން ކައުންސިލް މަޖިލިސްގައި މަޝްވަރާ ކުރުމަށް ފަހު،

 

" ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާއި ގުޅިގެން އައްޑޫސިޓީގެ 2 އަވަށެއްގައި ފެންބޮޑުވުމުގެ މައްސަލަ ޙައްލުކުރުމަށް ޕަންޕްހައުސް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ކުރެވުނު އިޢުލާނާއި ގުޅިގެން  މަސައްކަތަށް އަންދާޒާކުރެވުނު ބަޖެޓަށްވުރެ ހުށަހެޅުނު ބީލަންތަކުގެ އަގުބޮޑުކަމަށް ފެންނާތީ ޤަވާޢިދާއި އެއްގޮތްވާ ގޮތުގެ މަތިން މިމަސައްކަތް ކުރިއަށް ގެންދއުމަށް އަލުން އިޢުލާނު ކުރުމަށް ފެންނަކަމަށް " ކައުންސިލަރ މުޙައްމަދު ޔަސްރިފް  ހުށަހެޅި ހުށަހެޅުމަށް ކައުންސިލަރ ޙުސައިން ޙިލްމީ   ތާއީދު ކުރެއްވިއެވެ.

މިގޮތުން ބަޔާންކުރެވި ކައުންސިލްއަށް ހުށަހެޅި ތާއީދު ލިބިފައިވާ ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ މަޖިލިސްގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުރެއްވިއެވެ.

މެމްބަރުން ވޯޓު ދެއްވާފައިވާގޮތް:

ބައިވެރިވެވަޑައިނުގަންނަވާ:00

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 03 ވޯޓް




ބާވަތް: ނިންމުން

ދައުރު: ދެވަނަ ދައުރު

ނަންބަރ: 426-AA(N)/2017/23

ތާރީޚް: 21 ފެބުރުއަރީ 2017