އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ސިޓީ ބާޒާރު ސަރަޙައްދުގެ އަރިމަތީގައި ބެންޗް ބެހެއްޓުމާ ގުޅޭ

21 ފެބުރުއަރީ 2017     


ޢަމަލުކުރަންވީ ފަރާތްތައް: ހިތަދޫ އަވަށު އޮފީސް     

ކޮޕީ: ފައިނޭންސް ސެކްޝަން، ކައުންސިލަރުން، ޑިވިޝަންތައް، ސެކްޝަންތައް، އައްޑޫސިޓީ ކައުންސިލް އިދާރާގެ ހުރިހާ އަވަށު އޮފީސްތައް، ކައުންސިލް އިދާރާގެ ދާއިމީ ކޮމިޓީތައް. 

ސިޓީ ބާޒާރު ސަރަޙައްދުގެ އަރިމަތީގައި ބެންޗް ބެހެއްޓުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ކައުންސިލުން ގޮތެއް ނިންމުމަށް ކައުންސިލަރ ޙުސައިން ޙިލްމީ ހުށަހެޅި މައްސަލަ ކައުންސިލް މަޖިލިސްގައި ނިންމިގޮތް:

 

 

ސިޓީ ބާޒާރު ސަރަޙައްދުގެ އަރިމަތީގައި ބެންޗް ބެހެއްޓުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ކައުންސިލުން ގޮތެއް ނިންމުމަށް ކައުންސިލަރ ޙުސައިން ޙިލްމީ ހުށަހެޅި މައްސަލަ ކައުންސިލްއަށް ބަލައިގަތުމަށާއި، މައްސަލައާއި ގުޅިގެން ކައުންސިލް މަޖިލިސްގައި މަޝްވަރާ ކުރުމަށް ފަހު،

 

" ސިޓީ ބާޒާރު ސަރަހައްދަކީ މިހާރުވެސް ވަރަށް ގިނަ މީހުން ބޭނުން ކުރާ ސަރަޙައްދަކަށްވެފައި އެސަރަހައްދުގައި އިށީނދެގެން ތިބެވޭނެ އިންތިޒާމް ހަމަޖެހިފައި ނެތުމުގެ ސަބަބުން ދޮށީ ޢުމުރުގެ ބޭފުޅުންގެ ޝަކުވާ ލިބެމުންދިއުމާއި ގުޅިގެން މިކަމަށް ހައްލެއް ހޯދުމުގެ މަޤްޞަދުގައި ހިތަދޫ އަވަށު އޮފީހުގެ ބެލުމުގެ ދަށުގައި ހުރި ސިމެންތި ބެންޗްތަކުގެ ތެރެއިން 17 ބެންޗް އެ ސަރަހައްދުގައި ބެހެއްޓުމަށާއި، މި ބެންޗްތަކުގައި ފެންވަރު ރަނގަޅު ފްލޯ ޕެއިންޓްލުމަށާއި،

 

މިމަސައްކަތް ކުރިއަށްގެންދިއުމުގައި ޤަވާޢިދާއި އެއްގޮތްވާ ގޮތުގެ މަތިން ހިތަދޫ އަވަށު އޮފީހުގެ ބެލުމުގެ ދަށުން ކައުންސިލްގެ އާމްދަނީ ބަޖެޓްގެ ހިތަދޫ މެދު ދާއިރާގެ ރައްޔިތުންގެ ގޮތުގައި ކަންކަން ކުރުމަށް ކަނޑައެޅިފައިވާ ބަޖެޓް ކޯޑުން 23800.00ރުފިޔާ (ތޭވީސްހާސް އަށްސަތޭކަރުފިޔާ) އަށްވުރެ ޚަރަދު ބޮޑުނުވާގޮތަށް މިމަސައްކަތް ކުރުވުމަށް ފެންނަކަމަށް" ކައުންސިލަރ ޙުސައިން ޙިލްމީ  ހުށަހެޅި ހުށަހެޅުމަށް ކައުންސިލަރ މުޙައްމަދު ޔަސްރިފް ތާއީދު ކުރެއްވިއެވެ.

 

 

މިގޮތުން ބަޔާންކުރެވި ކައުންސިލްއަށް ހުށަހެޅި ތާއީދު ލިބިފައިވާ ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ މަޖިލިސްގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުރެއްވިއެވެ.

މެމްބަރުން ވޯޓު ދެއްވާފައިވާގޮތް:

ބައިވެރިވެވަޑައިނުގަންނަވާ:00

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 03 ވޯޓް




ބާވަތް: ނިންމުން

ދައުރު: ދެވަނަ ދައުރު

ނަންބަރ: 426-AA(N)/2017/24

ތާރީޚް: 21 ފެބުރުއަރީ 2017