އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މަރަދޫ އަވަށުގައި މޫދަށް އަރައި ފޭބުމަށް ސިޑިއެއް ހެދުމާ ގުޅޭ

21 ފެބުރުއަރީ 2017     


ޢަމަލުކުރަންވީ ފަރާތްތައް: މަރަދޫ އަވަށު އޮފީސް     

ކޮޕީ: ފައިނޭންސް ސެކްޝަން، ކައުންސިލަރުން، ޑިވިޝަންތައް، ސެކްޝަންތައް، އައްޑޫސިޓީ ކައުންސިލް އިދާރާގެ ހުރިހާ އަވަށު އޮފީސްތައް، ކައުންސިލް އިދާރާގެ ދާއިމީ ކޮމިޓީތައް. 

މަރަދޫ އަވަށުގައި މޫދަށް އަރައި ފޭބުމަށް ސިޑިއެއް ހެދުމުގައި ކައުންސިލުން ގޮތެއް ނިންމުމަށް ޑެޕިއުޓީމޭޔަރ ޢަބްދުﷲ ޠައްޔިބު ހުށަހެޅި މައްސަލަ ކައުންސިލް މަޖިލިސްގައި ނިންމިގޮތް:

 

 

މަރަދޫ އަވަށުގައި މޫދަށް އަރައި ފޭބުމަށް ސިޑިއެއް ހެދުމުގައި ކައުންސިލުން ގޮތެއް ނިންމުމަށް ޑެޕިއުޓީމޭޔަރ ޢަބްދުﷲ ޠައްޔިބު ހުށަހެޅި މައްސަލަ ކައުންސިލްއަށް ބަލައިގަތުމަށާއި، މައްސަލައާއި ގުޅިގެން ކައުންސިލް މަޖިލިސްގައި މަޝްވަރާ ކުރުމަށް ފަހު،

 

" މަރަދޫ އަވަށުގެ އިރުމަތީ ފަރާތު މޫދުން އަރައި ފޭބުމަކީ ވަރަށް އުނދަގޫ އަދި އެހާމެ ނުރައްކާތެރި ކަމެއްކަން ފާހަގަކުރެވޭ ކަމަށާއި، މިކަން މިހެން ދިމާވެފައިވަނީ ލިންކްރޯޑު ހަދާ ލިންކް ރޯޑުގައި ބޮޑުހިލައިން ރިވެޓްމެންޓަށް ޖަހާފައިވުމުން ކަން ފާހަގަކޮށް، މިކަމުގެ ސަބަބުން މޫދަށް ފައިބާ އަރަން ޖެހެނީ ހިލަތަކުގެ މަތިން ކަމަށްވުމުން، ކުޑަކުދިންނާއި ބޮޑެތިމީހުން މިހިލަތަކުގެ މަތިން ކައްސާލައިގެން ވެއްޓި އެކިވަރުގެ ހާނިއްކަ ވަމުންދާކަން ފާހަގަކުރެވޭ ކަމަށާއި،

މަރަދޫ އަވަށުގެ އިރުމަތީ ފަރާތު މޫދުން އަރައި ފޭބުމަށް ސިޑި ހެދުމަށް ފެންނަކަމަށާއި، މިމަސައްކަތް ކުރިއަށް ގެންދިއުމުގައި މަރަދޫ އަވަށު އޮފީހުގެ ބެލުމުގެ ދަށުން ޤަވާޢިދާއި އެއްގޮތްވާގޮތުގެ މަތިން ކައުންސިލުން ދައްކާ ތަނެއްގައި ޕްރޮޖެކްޓް ބިލްޑް އެންޑިޒައިންކޮށް އަމިއްލަ ތަކެތީގައި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދައި، ކައުންސިލްގެ އާމްދަނީ ބަޖެޓްގެ މަރަދޫ އަވަށުގެ ރައްޔިތުންގެ ގޮތުގައި ކަންކަން ކުރުމަށް ކަނޑައެޅިފައިވާ ބަޖެޓް ކޯޑުން 25000.00ރުފިޔާ (ފަންސަވީސްހާސް ރުފިޔާ) އަށްވުރެ ޚަރަދު ބޮޑުނުވާ ގޮތަށް މަރަދޫ އަވަށުގެ އިރުމަތީ ފަރާތު މޫދުން އަރައި ފޭބުމަށް ސިޑި ހެދޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް" ޑެޕިއުޓީމޭޔަރ ޢަބްދުﷲ ޠައްޔިބު  ހުށަހެޅި ހުށަހެޅުމަށް ކައުންސިލަރ މުޙައްމަދު ޔަސްރިފް ތާއީދު ކުރެއްވިއެވެ.

މިގޮތުން ބަޔާންކުރެވި ކައުންސިލްއަށް ހުށަހެޅި ތާއީދު ލިބިފައިވާ ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ މަޖިލިސްގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުރެއްވިއެވެ.

މެމްބަރުން ވޯޓު ދެއްވާފައިވާގޮތް:

ބައިވެރިވެވަޑައިނުގަންނަވާ:00

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 03 ވޯޓް




ބާވަތް: ނިންމުން

ދައުރު: ދެވަނަ ދައުރު

ނަންބަރ: 426-AA(N)/2017/25

ތާރީޚް: 21 ފެބުރުއަރީ 2017