| 
			 ޢަމަލުކުރަންވީ ފަރާތްތައް: ހިތަދޫ އަވަށު އޮފީސް ކޮޕީ: ފައިނޭންސް ސެކްޝަން، ކައުންސިލަރުން، ޑިވިޝަންތައް، ސެކްޝަންތައް، އައްޑޫސިޓީ ކައުންސިލް އިދާރާގެ ހުރިހާ އަވަށު އޮފީސްތައް، ކައުންސިލް އިދާރާގެ ދާއިމީ ކޮމިޓީތައް.  | 
		||
| 
			 ހިތަދޫ މަނިކު ދަނޑަށް ކަރަންޓް ލުމަށް އަޅާފައިވާ ކޭބަލް ބަދަލުކޮށް އަލުން ކޭބަލް އެޅުމުގައި ކައުންސިލިން ގޮތެއް ނިންމުމަށް ކައުންސިލަރ މުޙައްމަދު ޔަސްރިފް ހުށަހެޅި މައްސަލަ ކައުންސިލް މަޖިލިސްގައި ނިންމިގޮތް: 
 
 ހިތަދޫ މަނިކު ދަނޑަށް ކަރަންޓް ލުމަށް އަޅާފައިވާ ކޭބަލް ބަދަލުކޮށް އަލުން ކޭބަލް އެޅުމުގައި ކައުންސިލިން ގޮތެއް ނިންމުމަށް ކައުންސިލަރ މުޙައްމަދު ޔަސްރިފް ހުށަހެޅި މައްސަލަ ކައުންސިލްއަށް ބަލައިގަތުމަށާއި، މައްސަލައާއި ގުޅިގެން ކައުންސިލް މަޖިލިސްގައި މަޝްވަރާ ކުރުމަށް ފަހު، 
 " ހިތަދޫ މަނިކު ފުޓުބޯޅަދަނަޑަށް ކަރަންޓު ލުމަށް ކައުންސިލުން އެޅުވި ކޭބަލް ބޭނުންކޮށްގެން ދަނޑުގައި ޖަހާފައިވާ 4 ލައިޓް ޕޯސްޓްގައި ހުރި 16 ލައިޓް ނުދިއްލޭތީއާއި، ލައިޓްތައް ޖެއްސުމުން އީ.އެލް.ސީ.ބީ ޓުރިބް ކުރުމާއި، ކޭބަލް ހޫނުވެ ކަރަންޓް ކެނޑެމުން ދިއުމާއި ގުޅިގެން، އެކަން ހިނގަމުންދާގޮތް ބެލިބެލުމުން 35މމ ގެ ކޭބަލް އަޅައިގެން މެނުވީ ދަނޑު ނުދިއްލޭނެ ކަމަށް ލަފާ ލިބިފައިވާތީ، މިމަސައްކަތް ކުރިއަށް ގެންދިއުމުގައި ހިތަދޫ އަވަށު އޮފީހުގެ ބެލުމުގެ ދަށުން ޤަވާޢިދާއި އެއްގޮތްވާގޮތުގެ މަތިން ޑިޒައިން އެންޑް ބިލްޑް ޕްރޮޖެކްޓެއްގެ ގޮތުގައި ޕްރޮޖެކްޓެއް ކުރިއަށް ގެންގޮސް ދެއްވުމަށާއި، ކައުންސިލްގެ އާމްދަނީ ބަޖެޓްގެ ރައްޔިތުންގެ ގޮތުގައި ކަންކަން ކުރުމަށް ކަނޑައެޅިފައިވާ ބަޖެޓް ކޯޑުނަމްބަރު: 23999އިން މިކަމަށް ހިނގާ ޚަރަދު ކުރުމަށްފަހު މަސައްކަތުގެ ޚަރަދު ރިޕޯޓް ކައުންސިލްއަށް ހުށަހެޅުމަށް ފެންނަކަމަށް " ކައުންސިލަރ މުޙައްމަދު ޔަސްރިފް ހުށަހެޅި ހުށަހެޅުމަށް ކައުންސިލަރ ޙުސައިން ޙިލްމީ ތާޢީދު ކުރެއްވިއެވެ. މިގޮތުން ބަޔާންކުރެވި ކައުންސިލްއަށް ހުށަހެޅި ތާއީދު ލިބިފައިވާ ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ މަޖިލިސްގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުރެއްވިއެވެ. މެމްބަރުން ވޯޓު ދެއްވާފައިވާގޮތް:  | 
		||
| 
			 ބައިވެރިވެވަޑައިނުގަންނަވާ:00  | 
			
			 ނުފެންނަކަމަށް: 00 ވޯޓް.  | 
			
			 ފެންނަކަމަށް: 03 ވޯޓް  | 
		
ނިންމުން ޑައުންލޯޑް ކުރެއްވުމަށް

