އައްޑޫސިޓީ ކައުންސިލްގެ އިދާރާ

01 މާރިޗް 2017 ވަނަ ދުވަހު ބޭއްވުނު ކައުންސިލްގެ ޖަލްސާގެ ކޯރަމް ގެއްލި ޖަލްސާ ކުރިއަށް ނުގެންދެވުނު މައްސަލައާއި ގުޅޭ

2 މާރޗް 2017     


ޢަމަލުކުރަންވީ ފަރާތްތައް: ކައުންސިލް ބިއުރޯ      

ކޮޕީ: ފައިނޭންސް ސެކްޝަން، ކައުންސިލަރުން، ޑިވިޝަންތައް، ސެކްޝަންތައް، އައްޑޫސިޓީ ކައުންސިލް އިދާރާގެ ހުރިހާ އަވަށު އޮފީސްތައް، ކައުންސިލް އިދާރާގެ ދާއިމީ ކޮމިޓީތައް. 

01 މާރިޗް 2017 ވަނަ ދުވަހު ބޭއްވުނު 2017 ވަނަ އަހަރުގެ ކައުންސިލްގެ 09 ވަނަ ބައްދަލުވުން ކުރިއަށް ގެންދަނިކޮށް ޖަލްސާގެ ކޯރަމް ގެއްލި ޖަލްސާ ކުރިއަށް ނުގެންދެވުނު މައްސަލައަށް ކައުންސިލުން ގޮތެއް ނިންމުމަށް ޑެޕިއުޓީ މޭޔަރ ހުށަހެޅި ކުއްލި މައްސަލަ ކައުންސިލް މަޖިލިސްގައި ނިންމިގޮތް:

 

 

01 މާރިޗް 2017 ވަނަ ދުވަހު ބޭއްވުނު 2017 ވަނަ އަހަރުގެ ކައުންސިލްގެ 09 ވަނަ ބައްދަލުވުން ކުރިއަށް ގެންދަނިކޮށް ޖަލްސާގެ ކޯރަމް ގެއްލި ޖަލްސާ ކުރިއަށް ނުގެންދެވުނު މައްސަލައާއި ގުޅިގެން ކައުންސިލްގެ ހިންގާ ޤަވާޢިދުގެ 17 ވަނަ މާއްދާގެ (ށ) ގައި ބަޔާން ކުރެވިފައިވާ ގޮތުގެ މަތިން " މިފަދަ ޙާލަތެއް ކުރިމަތިވެއްޖެނަމަ އެބައްދަލުވުމެއް މެދު ކަނޑާލުމުގެ ނުވަތަ އެހެން ވަގުތަކަށް ފަސްކުރުމުގެ އިޚްތިޔާރު ލިބިގެންވަނީ ކައުންސިލްގެ ރައީސަށް ކަމުން، ކައުންސިލްގެ ރައީސް ޗުއްޓީގައި ހުންނެވި ވަގުތެއްގައި މިފަދަ ޙާލަތެއް މެދުވެރި ވުމާއިގުޅިގެން މައްސަލަ ކުރިއަށް ގެންދިއުމުގައި ކައުންސިލުން ގޮތެއް ނިންމުމަށް ޑެޕިއުޓީ މޭޔަރ ހުށަހެޅި ކުއްލި މައްސަލަ ކައުންސިލްއަށް ބަލައިގަތުމަށާއި، މައްސަލައާއި ގުޅިގެން ކައުންސިލް މަޖިލިސްގައި މަޝްވަރާ ކުރުމަށް ފަހު،

 

" 01 މާރިޗް 2017 ވަނަ ދުވަހު ބޭއްވުނު 2017 ވަނަ އަހަރުގެ ކައުންސިލްގެ 09 ވަނަ ބައްދަލުވުން ކުރިއަށް ގެންދަނިކޮށް ޖަލްސާގެ ކޯރަމް ގެއްލި ޖަލްސާ ކުރިއަށް ނުގެންދެވުނު މައްސަލައާއި ގުޅިގެން ކައުންސިލްގެ ހިންގާ ޤަވާޢިދުގެ 17 ވަނަ މާއްދާގެ (ށ) ގައި ބަޔާން ކުރެވިފައިވާ ގޮތުގެ މަތިން ޙާލަތު މެދުވެރި ވުމާއި ގުޅިގެން 01 މާރިޗް 2017 ވަނަ ދުވަހު ބޭއްވުނު 2017 ވަނަ އަހަރުގެ ކައުންސިލްގެ 09 ވަނަ ޖަލްސަ ކުރިއަށް ގެންގޮސް މަޑުޖެހިފައިވާ ހިސާބުން ފެށިގެން ޖަލްސާ ކުރިއަސް ގެންދިއުމަށް ފެންނަކަށް " ކައުންސިލުން ކަނޑައެޅުއްވިއެވެ.  




ބާވަތް: ނިންމުން

ދައުރު: ދެވަނަ ދައުރު

ނަންބަރ: 426-AA(N)/2017/27

ތާރީޚް: 2 މާރޗް 2017