އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫ މެޓްރާނާ އިންޖީނުގެ ހިންގި ޢިމާރާތުގައި އޭޕީސީގެ އޮފީސް ޤާއިމުކުރުން އަވަސް ކުރުމަށްޓަކައި އެކަމަށް ބޭނުންވާ ފައިސާގެ އެހީތެރިކަން ދިނުމާ ގުޅޭ

2 މާރޗް 2017     


ޢަމަލުކުރަންވީ ފަރާތްތައް: އިދާރީ ސެކްޝަން      

ކޮޕީ: ފައިނޭންސް ސެކްޝަން، ކައުންސިލަރުން، ޑިވިޝަންތައް، ސެކްޝަންތައް، އައްޑޫސިޓީ ކައުންސިލް އިދާރާގެ ހުރިހާ އަވަށު އޮފީސްތައް، ކައުންސިލް އިދާރާގެ ދާއިމީ ކޮމިޓީތައް. 

އައްޑޫސިޓީ ކައުންސިލްގެ 2016 ވަނަ އަހަރުގެ 47 ވަނަ ޖަލްސާގެނިންމުން ނަމްބަރު 426-AA(N)2016/180  އިން ހިތަދޫ މެޓްރާނާ އިންޖީނުގެ ހިންގި ޢިމާރާތް އައްޑޫ ޕީޕަލްސް ކޮޕަރޭޓިވް ސޮސައިޓީގެ އޮފީސް ޤާއިމުކުރުމަށް ނިންމަވާފައިވުމާއިއެކު، ޢިމާރަތުގެ މަސައްކަތް އަވަސް ކުރުމަށްޓަކައި ޢމާރާތުގެ މަސައްކަތަށް ބޭނުންވާ ފައިސާގެ އެހީތެރިކަން މި ކޯޕަރޭޓިވްސް އަށް ލިބޭނޭ އިންތިޒާމް ހަމަޖައްސަވައި ދެއްވުން އެދި  އައްޑޫ ޕީޕަލްސް ކޯޕަރޭޓިވް ސޮސައިޓީ އިން ހުށަހެޅި މައްސަލަ ކައުންސިލް މަޖިލިސްގައި ނިންމިގޮތް:

 

 

އައްޑޫ ސިޓީ ކައުންސިލްގެ 2016 ވަނަ އަހަރުގެ 47 ވަނަ ޖަލްސާގެ ނިންމުން ނަމްބަރު         426-AA(N)2016/180  އިން ހިތަދޫ މެޓްރާނާ އިންޖީނުގެ ހިންގި ޢިމާރާތް އައްޑޫ ޕީޕަލްސް ކޮޕަރޭޓިވް ސޮސައިޓީގެ އޮފީސް ޤާއިމުކުރުމަށް ނިންމަވާފައިވުމާއެކު ޢިމާރާތުގެ މަސައްކަތް އަވަސް ކުރުމަށްޓަކައި ޢމާރާތުގެ މަސައްކަތަށް ބޭނުންވާ ފައިސާގެ އެހީތެރިކަން އެ ކޯޕަރޭޓިވްސް އަށް ލިބޭނޭ އިންތިޒާމް ހަމަޖައްސަވައި ދެއްވުން އެދި  އައްޑޫ ޕީޕަލްސް ކޯޕަރޭޓިވް ސޮސައިޓީ އިން ހުށަހެޅި މައްސަލަ ކައުންސިލްއަށް ބަލައިގަތުމަށާއި، މައްސަލައާއި ގުޅިގެން ކައުންސިލް މަޖިލިސްގައި މަޝްވަރާ ކުރުމަށް ފަހު،

 

"މިމައްސަލަ ކައުންސިލްގެ މަޝްވަރާ ބައްދަލުވުމަކަށް ގެންގޮސް މަޝްވަރާ ބައްދަލުވުމުގައި ނިމޭގޮތެއްގެ މަތިން މައްސަލައަށް ގޮތެއްނިންމުމަށް ކައުންސިލްއަށް ހުށަހެޅުމަށް ފެންނަކަމަށް" ކައުންސިލަރ ޢަލީ މުޙައްމަދު ހުށަހެޅި ހުށަހެޅުމަށް ކައުންސިލަރ މުޙައްމަދު ޔަސްރިފް  ތާއީދު ކުރެއްވިއެވެ.

 

މިގޮތުން ބަޔާންކުރެވި ކައުންސިލްއަށް ހުށަހެޅި ތާއީދު ލިބިފައިވާ ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ މަޖިލިސްގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުރެއްވިއެވެ.

 

މެމްބަރުން ވޯޓު ދެއްވާފައިވާގޮތް:

ބައިވެރިވެވަޑައިނުގަންނަވާ:00

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް




ބާވަތް: ނިންމުން

ދައުރު: ދެވަނަ ދައުރު

ނަންބަރ: 426-AA(N)/2017/28

ތާރީޚް: 2 މާރޗް 2017