އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ޑަބްލިއުޑީސީގެ ފެބްރިކް ރިބަން ކޯހަށް ކައުންސިލުން ދީފައިވާ ބަޖެޓަށްވުރެ އިތުރަށް ޚަރަދުވާ ފައިސާ ޚަރަދު ކުރުމާ ގުޅޭ

2 މާރޗް 2017     


ޢަމަލުކުރަންވީ ފަރާތްތައް: ކައުންސިލް ބިއުރޯ     

ކޮޕީ: ފައިނޭންސް ސެކްޝަން، ކައުންސިލަރުން، ޑިވިޝަންތައް، ސެކްޝަންތައް، އައްޑޫސިޓީ ކައުންސިލް އިދާރާގެ ހުރިހާ އަވަށު އޮފީސްތައް، ކައުންސިލް އިދާރާގެ ދާއިމީ ކޮމިޓީތައް.  

އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން ހިންގި ފެބްރިކް ރިބަން ކޯހަށް ކައުންސިލުން ދީފައިވާ ބަޖެޓަށްވުރެ އިތުރަށް ޚަރަދުވާ ފައިސާ ޚަރަދު ކުރުމުގައި ކައުންސިލުން ގޮތެއް ނިންމުމަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއިން ހުށަހެޅި މައްސަލަ ކައުންސިލް މަޖިލިސްގައި ނިންމިގޮތް:

 

 

އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން 2016 އިގެ އެކްޝަން ޕްލޭނުގައި ހިމެނިގެން ހިންގި ފެބްރިކް ރިބަން ކޯހަށް ކައުންސިލުން ދީފައިވާ ބަޖެޓަށްވުރެ އިތުރަށް ޚަރަދުވާ ފައިސާ، -/6530 ރުފިޔާ (މެގަ ޓެކްސީގެ 19.01.2017 ބިލުގައިވާ 6530.00 ރުފިޔާ) ޚަރަދު ކުރުމުގައި ކައުންސިލުން ގޮތެއް ނިންމުމަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ނަމްބަރ: WDC(F)2017/01 )15.02.2017) މައްސަލަ ފޯމާއިއެކު ހުށަހެޅިފައިވާ،  މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، މައްސަލައާއި ގުޅިގެން ކައުންސިލް މަޖިލިސްގައި މަޝްވަރާ ކުރުމަށް ފަހު،

"ހުށަހަޅާފައިވާ މައްސަލާގައި ބަޔާން ކުރެވިފައިވާ ޚަރަދު ފައިސާ (މެގަ ޓެކްސީގެ 19.01.2017 ބިލުގައިވާ 6530.00 ރުފިޔާ) ކައުންސިލްގެ އާމްދަނީ ބަޖެޓްގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއަށް ކަނޑައަޅާފައިވާ ބަޖެޓުން ޤަވާޢިދާއި އެއްގޮތްވާ ގޮތުގެ މަތިން ޚަރަދު ކުރުމަށް ފެންނަކަމަށް " ކައުންސިލަރ ޢަލީ ފަހުމީ އަޙްމަދު ހުށަހެޅި ހުށަހެޅުމަށް ކައުންސިލަރ މުޙައްމަދު ޔަސްރިފް  ތާއީދު ކުރެއްވިއެވެ.

މިގޮތުން ބަޔާންކުރެވި ކައުންސިލްއަށް ހުށަހެޅި ތާއީދު ލިބިފައިވާ ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ މަޖިލިސްގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުރެއްވިއެވެ.

މެމްބަރުން ވޯޓު ދެއްވާފައިވާގޮތް:                                           

ބައިވެރިވެވަޑައިނުގަންނަވާ:00

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް




ބާވަތް: ނިންމުން

ދައުރު: ދެވަނަ ދައުރު

ނަންބަރ: 426-AA(N)/2017/29

ތާރީޚް: 2 މާރޗް 2017