އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މޯލްޑިވްސް ޕޮލިސް ސާރވިސަސް އިން އައްޑޫސިޓީގައި ކުރިއަށްގެންދާ ފުޓްބޯޅަ މުބާރާތަށް އިނާމް ހުށަހެޅުމާއި ގުޅޭ

7 މާރޗް 2017     


ޢަމަލުކުރަންވީ ފަރާތްތައް:  އެޑްމިން ސެކްޝަން      

ކޮޕީ: ފައިނޭންސް ސެކްޝަން، ކައުންސިލަރުން، ޑިވިޝަންތައް، ސެކްޝަންތައް، އައްޑޫސިޓީ ކައުންސިލް އިދާރާގެ ހުރިހާ އަވަށު އޮފީސްތައް، ކައުންސިލް އިދާރާގެ ދާއިމީ ކޮމިޓީތައް. 

މޯލްޑިވްސް ޕޮލިސް ސާރވިސަސް އިން އައްޑޫސިޓީގައި ކުރިއަށްދާ ފުޓްބޯޅަ މުބާރާތަށް އިނާމް ހުށަހެޅުމާއި ގުޅޭގޮތުން ކައުންސިލުން ގޮތެއް ނިންމުމަށް އިދާރީ ސެކްޝަނުން ހުށަހެޅި މައްސަލަ ކައުންސިލް މަޖިލިސްގައި ނިންމިގޮތް:

 

 

މޯލްޑިވްސް ޕޮލިސް ސާރވިސަސް އިން އައްޑޫސިޓީގައި ކުރިއަށްދާ ފުޓްބޯޅަ މުބާރާތަށް އިނާމް ހުށަހެޅުމާއި ގުޅޭގޮތުން ކައުންސިލުން ގޮތެއް ނިންމުމަށް އިދާރީ ސެކްޝަނުން ހުށަހެޅި މައްސަލަ ކައުންސިލް މަޖްލިސްއަށް ބަލައިގަތުމަށާއި، މައްސަލައާއި ގުޅިގެން ކައުންސިލް މަޖިލިސްގައި މަޝްވަރާ ކުރުމަށް ފަހު،

"މައްސަލާގައި ފާހަގަ ކުރެވިފައިވާ މުބާރާތަކީ މޯލްޑިވްސް ޕޮލިސް ސަރވިސްއިން އައްޑޫގެ ރައްޔިތުންގެ އިޖްތިމާޢީ ރޫޙު އާލާކޮށް ދިރުވުމުގެ މަޤްޞަދުގައި ރާވައިގެން ކުރިއަށް ގެންދާ މުބާރާތަކަށްވާތީ، ކައުންސިލުން މިހަރަކާތަށް އެހީތެރިވުމަށް ފެންނަކަމަށާއި، މިގޮތުން  މުބާރާތުގެ އެކިވަނަތައް ޙާޞިލުކުރައްވާ ފަރާތްތަކަށް 10 ޓްރޮފީ ހަމަޖައްސަވައި ދެއްވުމަށް ފެންނަކަމަށާއި، ކައުންސިލްގެ އާމްދަނީ ބަޖެޓްގައި އިނާމް ދިނުމަށް ކަނޑައަޅާފައިވާ ބަޖެޓް ކޯޑުން މިކަމަށް ހިނގާ ޚަރަދު ފައިސާ ޤަވާޢިދާއި އެއްގޮތްވާ ގޮތުގެ މަތިން ޚަރަދު ކުރުމަށް ފެންނަކަމަށް" ޑެޕިއުޓީ މޭޔަރ ހުށަހެޅި ހުށަހެޅުމަށް ކައުންސިލަރ ޙުސައިން ޙިލްމީ ތާއީދު ކުރެއްވިއެވެ.

މިގޮތުން ހުށަހެޅި ތާއީދު ލިބިފައިވާ ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ މަޖިލިސްގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެއްވިއެވެ.

މެމްބަރުން ވޯޓު ދެއްވާފައިވާގޮތް:

ބައިވެރިވެވަޑައިނުގަންނަވާ:00

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް




ބާވަތް: ނިންމުން

ދައުރު: ދެވަނަ ދައުރު

ނަންބަރ: 426-AA(N)/2017/44

ތާރީޚް: 7 މާރޗް 2017