އައްޑޫސިޓީ ކައުންސިލްގެ އިދާރާ

"ހޮސްޕިޓަލިޓީ ސްކިލްސް ޓްރޭނިންގ ޕްރޮގްރާމަށް ފައިސާ ހޯދުމަށް" ޑަބްލިއުޑީސީން ހުށަހެޅި މައްސަލައާއި ގުޅޭ

21 މާރޗް 2017     


ޢަމަލުކުރަންވީ ފަރާތްތައް: ކައުންސިލް ބިއުރޯ

ކޮޕީ: ފައިނޭންސް ސެކްޝަން، ކައުންސިލަރުން، ޑިވިޝަންތައް، ސެކްޝަންތައް، އައްޑޫސިޓީ ކައުންސިލް އިދާރާގެ ހުރިހާ އަވަށު އޮފީސްތައް، ކައުންސިލް އިދާރާގެ ދާއިމީ ކޮމިޓީތައް. 

އައްޑޫސިޓީގެ ދަރިވަރުންނަށް އަމާޒްކޮށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއިން ހިންގާ "ހޮސްޕިޓަލިޓީ ސްކިލްސް ޓްރޭނިންގ ޕްރޮގްރާމަށް ފައިސާ ހޯދުމަށް" އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއިން ހުށަހެނު މައްސަލައާއި މެދު ކައުންސިލުން ނިންމިގޮތް:

 

ސުރުޚީ ގައި ބަޔާން ކުރެވިފައިވާ މައްސަލަ (އެޖެންޑާ 6ގެ ނ. ގައިވާ) ކައުންސިލަށް ބަލައިގަތުމަށާއި، މައްސަލައާއި ގުޅިގެން ކައުންސިލް މަޖިލިސްގައި މަޝްވަރާ ކުރުމަށްފަހު،

މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީއިން ކުރިއަށް ގެންދާ ހޮސްޕިޓަލިޓީ ސްކިލްސް ޕްރޮގްރާމަކީ އައްޑޫސިޓީއަށް ވަރަށް ވެސް މުހިއްމު ބޭނުންތެރި ޕްރޮގްރާމެއް ކަމަށާއި އައްޑޫސިޓީގައި ގެސްޓްހައުސްގެ ވިޔާފާރި ކުރިއަރަމުންދާ ދުވަސްވަރެއްގައި،  ހޮސްޕިޓަލިޓީ ސްކިލްސް އަށް އަންހެންވެރިން ޓްރޭން ކުރުމަކީ ކޮންމެހެންވެސް ކޮމިޓީއިން ކުރިއަށް ގެންދަންޖެހޭ ކަމެއްކަމުގައި ކޮމިޓީގެ މެމްބަރުންނަށް ފެނުނުހިނދު؛

އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރައްވާ ކޮމިޓީއިން ހުށަހެޅުއްވި މި ހުށަހެޅުމަކީ ވަރަށް ރަނގަޅު ހުށަހެޅުމެއް ކަމަށާއި އަންހެން ބޭފުޅުންނަށް ރަށުގައި ތިބެގެން ތަމްރީނު ހޯދޭނެގޮތް ފަހިވާނެ ކަމަކަށްވާތީ، މި  ޓްރޭނިންގއަށް ހިނގާނެ ޚަރަދު ކަމަށް ހުށަހެޅިފައިވާ 80،000.00 ރުފިޔާ (އަށްޑިހަ ހާސް ރުފިޔާ/-) އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މަސައްކަތަށް މަގު ފަހިކޮށްދިނުމުގެ ގޮތުން ޚަރަދުކުރުމަށް ފެންނަކަމަށް ޑެޕިއުޓީ މޭޔަރ ޢަބްދުﷲ ޠައްޔިބު ހުށަހެޅުއްވި މި ހުށަހެޅުމަށް، ކައުންސިލަރ ޙުސައިން ޙިލްމީ ތާއީދު ކުރެއްވިއެވެ.

މި ޕްރޮގްރާމް ހިންގަވާނެ ފަރާތެއް ކަނޑައެޅުމުގައި އިޢުލާން ކޮށްގެން އެފަދަ ފަރާތެއް ކަނޑައެޅުމަށާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ޤަބޫލުކުރާ ލެވެލްއެއްގެ ސްޓެފިކެޓެއް ލިބެންޖެހޭނެކަމަށް ކައުންސިލަރ މުޙައްމަދު ޔަސްރިފް ހުށަހަޅުއްވައި އެހުށަހެޅުމަށްވެސް އެންމެންނަށް އެއްބަސްވެވުނެވެ.

 

 

 

މިގޮތުން ބަޔާންކުރެވި ކައުންސިލަށް ހުށަހެޅި ތާއީދު ލިބިފައިވާ ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ މަޖިލިސްގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެއްވިއެވެ.

 

މެމްބަރުން ވޯޓު ދެއްވާފައިވާގޮތް:

ބައިވެރިވެވަޑައިނުގަންނަވާ:  00 

ނުފެންނަކަމަށް: 00 ވޯޓް

ފެންނަކަމަށް: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ދެވަނަ ދައުރު

ނަންބަރ: 426-AA(N)/2017/59

ތާރީޚް: 21 މާރޗް 2017