އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ޕޭސްޓްރީ ކޯހަށް ފައިސާ ހޯދުމަށް ޑަބްލިއުޑީސީން ހުށަހެޅި މައްސަލައާއި ގުޅޭ

21 މާރޗް 2017     


 

ޢަމަލުކުރަންވީ ފަރާތްތައް: ކައުންސިލް ބިއުރޯ   

ކޮޕީ: ފައިނޭންސް ސެކްޝަން، ކައުންސިލަރުން، ޑިވިޝަންތައް، ސެކްޝަންތައް، އައްޑޫސިޓީ ކައުންސިލް އިދާރާގެ ހުރިހާ އަވަށު އޮފީސްތައް، ކައުންސިލް އިދާރާގެ ދާއިމީ ކޮމިޓީތައް. 

އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ 2017 ވަނަ އަހަރުގެ އެކްޝަން ޕްލޭންގައި ހިމެނޭ ޕޭސްޓްރީ ކޯހަށް ފައިސާ ހޯދުމަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއިން ހުށަހެޅި މައްސަލަ ކައުންސިލް މަޖިލިސްގައި ނިންމިގޮތް:

 

ސުރުޚީ ގައި ބަޔާން ކުރެވިފައިވާ މައްސަލަ (އެޖެންޑާ 6ގެ ރ. ގައިވާ) ކައުންސިލަށް ބަލައިގަތުމަށާއި، މައްސަލައާއި ގުޅިގެން ކައުންސިލް މަޖިލިސްގައި މަޝްވަރާ ކުރުމަށްފަހު،

 

ކުރިއަށް އޮތީ ރޯދަ މަސް ކަމަށްވެފައި، އައްޑޫސިޓީ އަންހެން ކަނބަލުން ވަރަށް ބޮޑަށް ޕޭސްޓްރީ ކޯހެއް ކުރިއަށް ގެންދިއުމަށް އެދެމުންދާތީ މިފަދަ ޕޭސްޓްރީ ކޯހެއް އައްޑޫސިޓީގެ އަންހެން ކަނަބަލުންނަށް ހިންގައި ދިނުމަށް ބޭނުންވާ ފައިސާ ލިބުން އެދިގެން ހުށަހެޅުނު ހިނދު؛

 

ޕޭސްޓްރީ ކޯހަކީ އައްޑޫސިޓީ ކައުންސިލްގެ އަންހެން ކަނބަލުންނަށް ހިންގޭ ކޯހަކަށްވެފައި މިކޯހުން އާމްދަނީ ހޯދެނޭ މަގުވެސް ފަހިވެގެން އަންނާނެތީ،  ހުށަހެޅިފައިވާގޮތަށް 44,000.00 ރުފިޔާ (ސާޅީސް ހަތަރުހާސް ރުފިޔާ/- ) ޤަވާޢިދާއި އެއްގޮތްވާ ގޮތުގެ މަތިން ޚަރަދުކުރުމަށް ފެންނަކަމަށް ކައުންސިލަރ ޙުސައިން ޙިލްމީ ހުށަހެޅި ހުށަހެޅުއްވުމަށް ކައުންސިލަރ މުޙައްމަދު ޔަސްރިފް ތާއީދު ކުރެއްވިއެވެ.

 

މިގޮތުން ބަޔާންކުރެވި ކައުންސިލަށް ހުށަހެޅި ތާއީދު ލިބިފައިވާ ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ މަޖިލިސްގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެއްވިއެވެ.

 

މެމްބަރުން ވޯޓު ދެއްވާފައިވާގޮތް:

ބައިވެރިވެވަޑައިނުގަންނަވާ:00

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ދެވަނަ ދައުރު

ނަންބަރ: 426-AA(N)/2017/60

ތާރީޚް: 21 މާރޗް 2017