އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މަސްޖިދުއް ޝޫރާގައި ކޮށްފައިވާ މަރާމާތުތަކަށް ފައިސާ ނުދެއްކިގެން ހުށަހަޅާފައިވާ ބިލް އަދާ ކުރުމަށް އެހީތެރިވެ ދެއްވުން

29 އޯގަސްޓް 2017     


މައްސަލަ

ހުށަހެޅުނު މައްސަލަ:

ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން މަސްޖިދުއް ޝޫރާގައި ރައްޔިތުން ކޮށްފައިވާ މަރާމާތުތަކާއި ގުޅިގެން ފައިސާ ނުދެއްކިގެން ހުށަހަޅާފައިވާ ބިލް އަދާ ކުރުމަށް އެހީތެރިވެ ދެއްވުން އެދި ހުށަހަޅާފައިވާ މައްސަލް.

މައްސަލަ ހުށަހެޅި ފަރާތް: މޭޔަރ ޢަބްދުﷲ ޞާދިޤ   

ނިންމުން

މައްސަލަ ނިމުނުގޮތް:

ބަރަކާތްތެރި ރަމަޟާން މަހާއި ދިމާކޮށް އައްޑޫގެ ކޮންމެ މިސްކިތެއްގެ މަރާމާތަށް މަހަކު 16000.00ރުފިޔާ ކަނޑައަޅައި މިސްކިތްތައް ބެލެހެއްޓުން އެމް.އާރު.ޑީ.ސީއާއި ޙަވާލު ކުރެވިފައި ވަނިކޮށް މިސްކިތުގެ އެއްވެސް މަރާމާތަކަށް އެފައިސާ ހޭދަކޮށްފައި ނުވާތީ، ރަމަޟާން މަހު ރައްޔިތުން މިސްކިތް ބޭނުން ކުރުމުގައި ކޮންމެހެން ކުރަންޖެހޭ މަރާމާތު މިސްކިތުގައި ހުރުމާއި ގުޅިގެން ރައްޔިތުން އިސްނަގައި ކޮށްފައިވާ މަރާމާތުގެ ބިލް އަދާ ނުކުރެވި، މި ޒިންމާ ރައްޔިތުންގެ ބޮލުގައި އެޅިގެން ދިއުމަކީ ޤަބޫލު ކުރަން ދަތިކަމެއް ކަމުގައި ދެކޭތީ، މަސްޖިދުއް ޝޫރާގެ މާރާމާތު މަސައްކަތަށް ހިގާފައިވާ ޚަރަދު ބިލްގައިވާ 2400.00ރުފިޔާ ކައުންސިލްގެ އާމްދަނީ ބަޖެޓްގެ ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ ގޮތުގައި ކަންކަން ކުރުމަށް ކަނޑައެޅިފައިވާ ބަޖެޓު ކޯޑުން ޤަވާޢިދާއި އެއްގޮތްވާ ގޮތުގެ މަތިން ޚަރަދު ކުރުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ. 

ތާއީދު ކުރެއްވި: ކައުންސިލަރ އިބްރާހީމް ޝުކުރީ 

ހުށަހެޅުން ހުށަހެޅި:މޭޔަރ ޢަބްދުﷲ ޝާދިޤް 

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:00

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2017/191

ތާރީޚް: 29 އޯގަސްޓް 2017