އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ވަގުތީ ޕްރީ އިވެލުއޭޝަން ކޮމިޓީއަކާއި، އަދި ވަގުތީ ބިޑް ކޮމިޓީއެއް އުފެއްދުމާއި ގުޅޭ

11 އެޕްރީލް 2017     


ޢަމަލުކުރަންވީ ފަރާތްތައް:  ޕްރޮކިއުމަންޓް ޔުނިޓް

ކޮޕީ: ފައިނޭންސް ސެކްޝަން، ކައުންސިލަރުން، ޑިވިޝަންތައް، ސެކްޝަންތައް، އައްޑޫސިޓީ ކައުންސިލް އިދާރާގެ ހުރިހާ އަވަށު އޮފީސްތައް، ކައުންސިލް އިދާރާގެ ދާއިމީ ކޮމިޓީތައް. 

އައްޑޫސިޓީ ކައުންސިލްގެ އިދާރާއިން ހޯދަންޖެހޭ ޚިދްމަތްތައް ހޯދުމާއި ތަކެތި ގަތުމާއި ޕްރޮޖެކްޓްތައް ހިންގާނެ ފަރާތްތައް ހޯދުމާއި އެކަންކަމާއި ގުޅޭ ބިޑް ކޮމިޓީތައް އެކުލަވާލުމާއި ކޮމިޓިތައް ހިންގާނެ ގޮތުގެ އުޞޫލް ފާސްކޮށް، ޢަމަލު ކުރަން ފެށުމުގެ ކުރިން، ޤަވާޢިދު ނަމްބަރ R-20/2017  ދައުލަތުގެ މާލިއްޔަތު ޤަވާޢިދު (20 ފެބްރުއަރީ 2017) ގައިވާ ގޮތުގެ މަތީން އައްޑޫސިޓީ ކައުންސިލް އިދާރާގެ ޕްރޮކިއުމެންޓްގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ބޭނުންވާ ފަންނީ ހުނަރަށް ބަލައިގެން ކައުންސިލް އިދާރާގެ ޕްރޮކިއުމަންޓް ޔުނިޓާއި އެހެން ސެކްޝަންތަކުގެ މެދުގައި ވަގުތީ ޕްރީ އިވެލުއޭޝަން ކޮމިޓީއަކާއި، އަދި ވަގުތީ ބިޑް ކޮމިޓީއެއް އުފައްދައި މި ކޮމިޓީތަކަށް މެމްބަރުން ކަނޑައަޅައި މަސްއޫލިއްޔަތުތައް ކަމަށް ޔުނިޓަށް ފެންނަ ގޮތް ފާސްކޮށްދެއްވުން އެދި ޕްރޮކިއުމަންޓް ޔުނިޓުން ކައުންސިލަށް ހުށަހެޅިފައިވާ މައްސަލައިގައި މަޝްވަރާ ކުރުމަށްފަހު ކައުންސިލް މަޖިލިސްގައި ނިންމިގޮތް:

 

މި ސުރުޚީގައި ބަޔާން ކުރެވިފައިވާ މައްސަލަ (އެޖެންޑާ 7 ގެ ހ. ގައިވާ ) ކައުންސިލަށް ބަލައިގަތުމަށާއި، މައްސަލައާއި ގުޅިގެން ކައުންސިލް މަޖިލިސްގައި މަޝްވަރާ ކުރުމަށްފަހު،

 ޤަވާޢިދު ނަމްބަރ R-20/2017  ދައުލަތުގެ މާލިއްޔަތު ޤަވާޢިދު (20 ފެބްރުއަރީ 2017) ގައިވާ ގޮތުގެ މަތީން އައްޑޫސިޓީ ކައުންސިލް އިދާރާގެ އެންމެހާ މާލީ ކަންކަން ގެންދިއުމަށްޓަކައި، ހުށަހެޅިފައިވާ މި މައްސަލަ ހުށަހެޅިފައިވާ ގޮތަށް ފާސްކުރުމަށް ފެންނަ ކަމަށް ކައުންސިލަރ މުޙައްމަދު ޔަސްރިފު ކައުންސިލަށް ހުށަހެޅުއްވިއެވެ. އަދި ހުށަހެޅުނު މައްސަލަ އެގޮތުގެ މަތީން ފާސްކުރުމަށް ފެންނަ ކަމަށް ކައުންސިލަރ ޙުސައިން ޙިލްމީ ތާއީދު ކުރެއްވިއެވެ. އަދި ހުށަހެޅިފައިވާ މި މައްސަލައަކީ ޤަވާޢިދު ނަމްބަރ R-20/2017 ދައުލަތު މާލިއްޔަތު ޤަވާޢިދު (20 ފެބްރުއަރީ 2017) އާއި ޙަވާލާދޭ ނިންމުމެކެވެ.

މިގޮތުން، ބަޔާންކުރެވި ކައުންސިލަށް ހުށަހެޅި ތާއީދު ލިބިފައިވާ ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ މަޖިލިސްގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސް ކުރެއްވިއެވެ.

 

މެމްބަރުން ވޯޓު ދެއްވާފައިވާގޮތް:

ބައިވެރިވެވަޑައިނުގަންނަވާ:  00  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް




ބާވަތް: ނިންމުން

ދައުރު: ދެވަނަ ދައުރު

ނަންބަރ: 426-AA(N)/2017/84

ތާރީޚް: 11 އެޕްރީލް 2017