އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ޕްރޮޖެކްޓްތައް ހިންގާނެ ފަރާތްތައް ހޯދުމާއި އެކަންކަމާއި ގުޅޭ ބިޑް ކޮމިޓީތައް އެކުލަވާލަވާލުމާ ގުޅޭ

11 އެޕްރީލް 2017     


ޢަމަލުކުރަންވީ ފަރާތްތައް:  ލީގަލް ޔުނިޓް

ކޮޕީ: ފައިނޭންސް ސެކްޝަން، ކައުންސިލަރުން، ޑިވިޝަންތައް، ސެކްޝަންތައް، އައްޑޫސިޓީ ކައުންސިލް އިދާރާގެ ހުރިހާ އަވަށު އޮފީސްތައް، ކައުންސިލް އިދާރާގެ ދާއިމީ ކޮމިޓީތައް. 

އައްޑޫސިޓީ ކައުންސިލްގެ އިދާރާއިން  ހޯދަންޖެހޭ ޚިދްމަތްތައް ހޯދުމާއި ތަކެތި ގަތުމާއި ޕްރޮޖެކްޓްތައް ހިންގާނެ ފަރާތްތައް ހޯދުމާއި އެކަންކަމާއި ގުޅޭ ބިޑް ކޮމިޓީތައް އެކުލަވާލުމާއި ކޮމިޓިތައް ހިންގާނެގޮތުގެ އުޞޫލް ފާސްކޮށްދެއްވުން އެދި ކައުންސިލަށް ހުށަހެޅިފައިވާ މައްސަލައިގައި މަޝްވަރާ ކުރުމަށްފހު ކައުންސިލް މަޖިލިސްގައި ނިންމިގޮތް:

މި ސުރުޚީގައި ބަޔާން ކުރެވިފައިވާ މައްސަލަ (އެޖެންޑާ 7 ގެ ށ. ގައިވާ) ކައުންސިލަށް ބަލައިގަތުމަށާއި، މައްސަލައާއި ގުޅިގެން ކައުންސިލް މަޖިލިސްގައި މަޝްވަރާ ކުރުމަށްފަހު،

ޤަވާޢިދު ނަމްބަރR-20/2017  ދައުލަތުގެ މާލިއްޔަތު ޤަވާޢިދު (20 ފެބްރުއަރީ 2017) ގައިވާ ގޮތުގެ މަތީން އައްޑޫސިޓީ ކައުންސިލް އިދާރާގެ އެންމެހާ މާލީ ކަންކަން ގެންދިއުމަށްޓަކައި، އައްޑޫސިޓީ ކައުންސިލްގެ އިދާރާއިން ހިންގަން ބޭނުންވާ ޕްރޮޖެކްޓްތައް ރާވާ ހިންގުމާއި، ތަކެތި ގަތުމާއި ޚިދްމަތް ހޯދުމުގައި ބިޑް ޑޮކިއުމަންޓްގައި ބަޔާންކޮށްފައިވާ އުޞޫލްތަކާއި އިޖުރާޢަތްތަކާއި އެއްގޮތަށް ހަމަހަމަކަމާއި އިންޞާފުވެރިކަމާއިއެކު ވަކި ފަރާތަކަށް ނުޖެހި ޢަމަލު ކުރާނެ ހަރުދަނާ ދެފުށް ފެންނަ އުޞޫލްތަކެއް ކަނޑައެޅުމުގެ ބޭނުމުގައި ހުށަހެޅުނު މި މައްސަލައާއި މެދު ފެންނަގޮތް ކަމުގައި ހުށަހަޅުއްވާފައިވަނީ ކައުންސިލުގައި އެކުލަވާލާފައިވާ ޤަވާޢިދު ކޮމިޓީއަށް މި އުޞޫލް ފޮނުވުމަށްފަހު، ޤަވާޢިދު ކޮމިޓީ އިން މި އުޞޫލް ދިރާސާ ކުރެއްވުމަށްފަހު، ދެން އޮންނަ ކައުންސިލްގެ ބައްދަލުވުމަކަށް އެ ކޮމިޓީ އިން މި މައްސަލަ ހުށަހަޅާ، އެ ބައްދަލުވުމުގައި މި މައްސަލައާއިމެދު ގޮތެއް ނިންމެވުމަށެވެ. މައްސަލަ ލީގަލް ޔުނިޓުން ހުށަހެޅުއްވި ގޮތަށް ފާސްކޮށްދެއްވުމަށް ކައުންސިލަރ ޙުސައިން ޙިލްމީ ކައުންސިލް މަޖިލީހަށް ހުށަހެޅުއްވިއެވެ. އަދި ކައުންސިލަރ ޙުސައިން ޙިލްމީ ހުށަހެޅުއްވި ގޮތަށް ފާސްކުރުމަށް ފެންނަ ކަމަށް ޑިޕިއުޓީ މޭޔަރ ޢަބްދުﷲ ޠައްޔިބު ތާއީދު ކުރެއްވިއެވެ. އަދި ހުށަހެޅިފައިވާ މި މައްސަލައަކީ މިނިސްޓްރީ އޮފް ފިނޭންސުގެ ޤަވާޢިދު ނަމްބަރ R-20/2017 ދައުލަތު މާލިއްޔަތު ޤަވާޢިދު (20 ފެބްރުއަރީ 2017) އާއި ޙަވާލާދޭ ނިންމުމެކެވެ.

މިގޮތުން، ބަޔާންކުރެވި ކައުންސިލަށް ހުށަހެޅި ތާއީދު ލިބިފައިވާ ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ މަޖިލިސްގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސް ކުރެއްވިއެވެ.

 

މެމްބަރުން ވޯޓު ދެއްވާފައިވާގޮތް:

ބައިވެރިވެވަޑައިނުގަންނަވާ:  00  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް




ބާވަތް: ނިންމުން

ދައުރު: ދެވަނަ ދައުރު

ނަންބަރ: 426-AA(N)/2017/85

ތާރީޚް: 11 އެޕްރީލް 2017