ޢަމަލުކުރަންވީ ފަރާތްތައް: ކައުންސިލް ބިއުރޯ ކޮޕީ: ފައިނޭންސް ސެކްޝަން، ކައުންސިލަރުން، ޑިވިޝަންތައް، ސެކްޝަންތައް، އައްޑޫސިޓީ ކައުންސިލް އިދާރާގެ ހުރިހާ އަވަށު އޮފީސްތައް، ކައުންސިލް އިދާރާގެ ދާއިމީ ކޮމިޓީތައް. |
||
ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް މަސައްކަތް ކުރުމަށް އުފައްދާފައިވާ ބައިނަލް އަޤްވާމީ އެކިއެކި ފޯރަމްތަކުގައި އައްޑޫސިޓީ ކައުންސިލުން ބައިވެރިވުމާއި ގުޅޭގޮތުން ގޮތެއް ނިންމުމަށް ކައުންސިލަރ ޙުސައިން ޙިލްމީ ހުށަހެޅި މައްސަލަ ކައުންސިލް މަޖިލިސްގައި ނިންމިގޮތް:
ސުރުޚީ ގައި ބަޔާން ކުރެވިފައިވާ މައްސަލަ ކައުންސިލްއަށް ބަލައިގަތުމަށާއި، މައްސަލައާއި ގުޅިގެން ކައުންސިލް މަޖިލިސްގައި މަޝްވަރާ ކުރުމަށް ފަހު، ހުށަހެޅިފައިވާ މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިއާޔަތްކޮށް، ޤާނޫނު ނަމްބަރު" 7/2010 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ކަނޑައެޅިފައިވާ ލާމަރުކަޒީ ނިޒާމަށް އަހުލުވެރިވުމަށާއި ކައުންސިލްގެ މުވައްޒަފުންނަށް ދުނިޔޭގެ އެކި ޤައުމުތަކުގައި މިނިޒާމް މަސައްކަތްކުރާ ގޮތް ފެނި ތަޖްރިބާ ލިބުމަކީ މުހިއްމު ކަމެއް ކަމުގައިވާތީ، އައްޑޫގައި މިނިޒާމު ހިންގުމުގައި ހުރި ގޮންޖެހުންތަކަށް ޙައްލެއް ހޯދުމަށް ބައިނަލްއަޤްވާމީ ފަރާތްތަކުގެ އެހީތެރިކަން ލިބުމަކީ ކައުންސިލްއަށް މިނިޒާމުގައި ކުރިއަށް ދިއުމަށް އެޅޭ ވަރަށްމުހިއްމު ފިޔަވަޅެއްކަމަށް ވާނެތީ، " ޔުނައިޓެޑް ސިޓީސް އެންޑް ލޯކަލް ގަވަމަންޓްސް " (ޔޫ.ސީ.އެލް.ޖީ) ގައި އައްޑޫސިޓީ ކައުންސިލް ބައިވެރި ވުމަށާއި، އައި.ސީ.އެލް.އީ.އައި. (އިކްލޭއި) ގެ މެމްބަރަކަށް ވުމަށް ފެންނަކަމަށް " ކައުންސިލަރ ޙުސައިން ޙިލްމީ ހުށަހެޅި ހުށަހެޅުމަށް ޑެޕިއުޓީ މޭޔަރ ތާއީދު ކުރެއްވިއެވެ. މިގޮތުން ބަޔާންކުރެވި ކައުންސިލްއަށް ހުށަހެޅި ތާއީދު ލިބިފައިވާ ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ މަޖިލިސްގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުރެއްވިއެވެ. މެމްބަރުން ވޯޓު ދެއްވާފައިވާގޮތް: |
||
ބައިވެރިވެވަޑައިނުގަންނަވާ:00 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 04 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް މަސައްކަތް ކުރުމަށް އުފައްދާފައިވާ ބައިނަލް އަޤްވާމީ ފޯރަމްތަކުގައި އައްޑޫސިޓީ ކައުންސިލުން ބައިވެރިވުމާއި ގުޅޭ