އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫ ބަނދަރުމަތީ ސަރަޙައްދުގައި ބެންޗް ބެހެއްޓައި އެސަރަހައްދުގައި ގަސް އިންދައި ފެހިކުރުމާ ގުޅޭ

18 އެޕްރީލް 2017     


ޢަމަލުކުރަންވީ ފަރާތްތައް: ހިތަދޫ އަވަށު އޮފީސް         

ކޮޕީ: ފައިނޭންސް ސެކްޝަން، ކައުންސިލަރުން، ޑިވިޝަންތައް، ސެކްޝަންތައް، އައްޑޫސިޓީ ކައުންސިލް އިދާރާގެ ހުރިހާ އަވަށު އޮފީސްތައް، ކައުންސިލް އިދާރާގެ ދާއިމީ ކޮމިޓީތައް. 

ހިތަދޫ ބަނދަރުމަތީ ސަރަޙައްދުގައި ބެންޗް ބެހެއްޓައި އެސަރަހައްދުގައި ގަސް އިންދައި ފެހިކުރުމުގައި ކައުންސިލުން ގޮތެއް ނިންމުމަށް ކައުންސިލަރ މުހައްމަދު ޔަސްރިފް ހުށަހެޅި މައްސަލަ ކައުންސިލް މަޖިލިސްގައި ނިންމިގޮތް:

 

 

ސުރުޚީ ގައި ބަޔާން ކުރެވިފައިވާ މައްސަލަ ކައުންސިލްއަށް ބަލައިގަތުމަށާއި، މައްސަލައާއި ގުޅިގެން ކައުންސިލް މަޖިލިސްގައި މަޝްވަރާ ކުރުމަށް ފަހު،

ހުށަހެޅިފައިވާ މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިއާޔަތްކޮށް، ހިތަދޫ ބަނދަރުމަތީ ސަރަހައްދުގައި އިށީދެވޭ ގޮތަށް ހަދައި ދިނުމަށާއި އެސަރަހައްދު ފެހިކޮށްދިނުން އެދި ސަރަހައްދަށްދާ ރައްޔިތުން  އެދެމުން ދާތީ، ސާރކް ސަމިޓަށް އައްޑުއަށް ގެނަސްފައިވާ ގަސްތަކުގެ ތެރެއިން ހިތަދޫގެ ކުރީގެ އަވަށު އޮފީހުގެ ގޯތިތެރޭ ބެހެއްޓިފައިހުރި ގަސްތައް ހިތަދޫ ބަނދަރު ސަރަޙައްދާއި މާރުކޭޓް ސަރަހައްދުގައި އިންދުމާއި،

ސާރކްސަމިޓަށް އައްޑު ޒީނަތްތެރި ކުރި ބެންޗް ތަކުގެ ތެރެއިން 15 ބެންޗް ބަނދަރު ސަރަޙައްދުގައި އަދި 5 ބެންޗް މާރުކޭޓް ސަރަހައްދުގައި ބެހެއްޓުމަށާއި،

 ބީޓެކް ޕްރައިވެޓް ލިމިޓެޑް އިން އެއްވެސް އަގަކާއި ނުލައި މިމަސައްކަތް ކޮށްދެއްވާގޮތަށް ހަމަޖެހިފައިވާތީ، ހިތަދޫ އަވަށު އޮފީހުގެ ބެލުމުގެ ދަށުން މިމަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް" ކައުންސިލަރ މުޙައްމަދު ޔަސްރިފް ހުށަހެޅި ހުށަހެޅުމަށް ކައުންސިލަރ ޙުސައިން ޙިލްމީ ތާއީދު ކުރެއްވިއެވެ.

 

މިގޮތުން ބަޔާންކުރެވި ކައުންސިލްއަށް ހުށަހެޅި ތާއީދު ލިބިފައިވާ ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ މަޖިލިސްގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުރެއްވިއެވެ.

 

މެމްބަރުން ވޯޓު ދެއްވާފައިވާގޮތް:

ބައިވެރިވެވަޑައިނުގަންނަވާ:00

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ދެވަނަ ދައުރު

ނަންބަރ: 426-AA(N)/2017/94

ތާރީޚް: 18 އެޕްރީލް 2017