އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫ ކިނބިވައު ޙިމާޔަތް ކުރުމާ ގުޅޭ

18 އެޕްރީލް 2017     


ޢަމަލުކުރަންވީ ފަރާތްތައް: ޕްރޮޖެކްޓް ސެކްޝަން         

ކޮޕީ: ފައިނޭންސް ސެކްޝަން، ކައުންސިލަރުން، ޑިވިޝަންތައް، ސެކްޝަންތައް، އައްޑޫސިޓީ ކައުންސިލް އިދާރާގެ ހުރިހާ އަވަށު އޮފީސްތައް، ކައުންސިލް އިދާރާގެ ދާއިމީ ކޮމިޓީތައް. 

ހިތަދޫ ކިނބިވައު ޙިމާޔަތް ކުރުމުގައި ކައުންސިލުން ގޮތެއް ނިންމުމަށް ކައުންސިލަރ ޙުސައިން ޙިލްމީ ހުށަހެޅި މައްސަލަ ކައުންސިލް މަޖިލިސްގައި ނިންމިގޮތް:

 

 

ސުރުޚީ ގައި ބަޔާން ކުރެވިފައިވާ މައްސަލަ ކައުންސިލްއަށް ބަލައިގަތުމަށާއި، މައްސަލައާއި ގުޅިގެން ކައުންސިލް މަޖިލިސްގައި މަޝްވަރާ ކުރުމަށް ފަހު،

ހުށަހެޅިފައިވާ މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިއާޔަތްކޮށް، ހިތަދޫ ކިނބިވައު ޙިމާޔަތް ކުރުމުގެ ގޮތުން ސަރަޙައްދުގެ ވަށާ ފާރު ރޭނުމާއި، އެމް.އާރު.ޑީ.ސީ އަދި ހައުސިންގ މިނިސްޓްރީގެ އެހީތެރިކަން ހޯއްދަވައިގެން އެ ސަރަޙައްދުގައި ހުރި ކިނބި ގަސްދަށަށް ފަސްއެޅުމާއި، ކިނބިވަލި ޖޯލިފައްޗާއި ބެންޗް އަދި ޑަސްބިން ބެހެއްޓުމަށް ފެންނަކަމަށާއި،

 

މިމަސައްކަތް ކުރިއަށް ގެންދިއުމުގައި ޤަވާޢިދާއި އެއްގޮތްވާ ގޮތުގެ ކައުންސިލްގެ ކޮންޓެންޖެންސީ އިން މިކަމަށް ހިނގާ ޚަރަދު ކުރުމަށް ފެންނަކަމަށް" ކައުންސިލަރ ޙުސައިން ޙިލްމީ ހުށަހެޅި ހުށަހެޅުމަށް ކައުންސިލަރ މުޙައްމަދު ޔަސްރިފް ތާއީދު ކުރެއްވިއެވެ.

މިގޮތުން ބަޔާންކުރެވި ކައުންސިލްއަށް ހުށަހެޅި ތާއީދު ލިބިފައިވާ ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ މަޖިލިސްގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުރެއްވިއެވެ.

މެމްބަރުން ވޯޓު ދެއްވާފައިވާގޮތް:

ބައިވެރިވެވަޑައިނުގަންނަވާ:00

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް


ނިންމުން ޑައުންލޯޑް ކުރެއްވުމަށް

ހިތަދޫ ކިނބިވައު ޙިމާޔަތް ކުރުމާ ގުޅޭ


ބާވަތް: ނިންމުން

ދައުރު: ދެވަނަ ދައުރު

ނަންބަރ: 426-AA(N)/2017/95

ތާރީޚް: 18 އެޕްރީލް 2017