ޢަމަލުކުރަންވީ ފަރާތްތައް: ހިތަދޫ އަވަށު އޮފީސް، ކޮޕީ: ފައިނޭންސް ސެކްޝަން، ކައުންސިލަރުން، ޑިވިޝަންތައް، ސެކްޝަންތައް، އައްޑޫސިޓީ ކައުންސިލް އިދާރާގެ ހުރިހާ އަވަށު އޮފީސްތައް، ކައުންސިލް އިދާރާގެ ދާއިމީ ކޮމިޓީތައް. |
||
ހިތަދޫ ކޮރުވަލި މޫލެކެޑެ ކަޅިބިތް ފަންނު ތަކުން ފަސޭހައިން އެރިއަރާނެ ގޮތް ހެދުމާއި، ފަންނުތައް ތަރައްޤީ ކުރުމުގައި ކައުންސިލުން ގޮތެއް ނިންމުމަށް މޭޔަރ ޢަބްދުﷲ ޞާދިޤް ހުށަހެޅި މައްސަލަ ކައުންސިލް މަޖިލިސްގައި ނިންމިގޮތް:
ސުރުޚީގައި ބަޔާން ކުރެވިފައިވާ މައްސަލަ ކައުންސިލްއަށް ބަލައިގަތުމަށާއި، މައްސަލައާއި ގުޅިގެން ކައުންސިލް މަޖިލިސްގައި މަޝްވަރާ ކުރުމަށް ފަހު،
" ހިތަދޫ ކޮރުވަލި މޫލެކެޑެ ސަރަޙައްދުގައި ދިރިއުޅޭ ޢާއްމުން ގުޅިގެން ވަރަށް ބޮޑަށް ފުއްޓަރު ފަރާތް ސާފުކޮށް ކުނި ނެގުމާއި ގުޅިގެން، އެ ސަރަޙައްދުގެ މޫދާއި ގޮނޑުދޮށް ބޭނުންކޮށް މޫދަށް ދާ މީހުން އިތުރުވުމާއި، އަދި ދޮށީ ޢުމުރުގެ ބޭފުޅުން މި ފަންނުތަކަށް އެރި މިސަރަޙައްދު ބޭނުން ކުރާމިންވަރު އިތުރުވަމުން ދިއުމާއެކު، މިހާރު އެފަންނުތައް އޮންނަ ގޮތުން ފަންނުތަކަށް އެރި އަރަން އުނދަގޫވުމާއި އަދި މި ފަންނުތަކަށްދާ ފަރާތްތަކަށް ހަމަޖެހިލައިގެން މަޑުކޮށްލެވޭނެ ގޮތެއް ނެތުމުން ދަތިތަކާއި ކުރިމަތިވާތީ، ހިތަދޫ ކޮރުވަލި މޫލެކެޑެ ސަރަޙައްދުގެ ކޮންމެ ފަންނަކުން އެރި އަރާނެ ފައްތަރެއް ކައުންސިލުން ދައްކާ ނަމޫނާއަކާއި އެއްގޮތަށް ހެދުމަށް ފެންނަކަމަށާއި، މި މަސައްކަތް ކުރިއަށް ގެންދިއުމުގައި، އަވަށުއޮފީހުގެ ބެލުމުގެ ދަށުން، މާލިއްޔަތު ޤަވާޢިދާއި އެއްގޮތްވާގޮތަށް، ކައުންސިލްގެ އާމްދަނީ ބަޖެޓްގައި ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ ގޮތުގައި ކުރަންޖެހޭ ކަންކަން ކުރުމަށް ކަނޑައެޅިފައިހުރި ބަޖެޓް ކޯޑުގެ ތެރެއިން މިކަމަށް ހިނގާ ޚަރަދު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް" މޭޔަރ ހުށަހެޅުއްވި ހުށަހެޅުމަށް ކައުންސިލަރ ޙުސައިން ޙިލްމީ ތާއީދު ކުރެއްވިއެވެ. މިގޮތުން ބަޔާންކުރެވި ކައުންސިލްއަށް ހުށަހެޅި ތާއީދު ލިބިފައިވާ ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ މަޖިލިސްގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުރެއްވިއެވެ.
މެމްބަރުން ވޯޓު ދެއްވާފައިވާގޮތް: |
||
ބައިވެރިވެވަޑައިނުގަންނަވާ:00 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 04 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
