އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫ އެޅަދީދީ މަގުގެ އުތުރުކޮޅުގައި ހަނދުފަޅި ބުރެއް ހަދައި ލައިޓް ޖެހުމާ ގުޅޭ

18 އެޕްރީލް 2017     


ޢަމަލުކުރަންވީ ފަރާތްތައް: ޕްރޮޖެކްޓް ސެކްޝަން          

ކޮޕީ: ފައިނޭންސް ސެކްޝަން، ކައުންސިލަރުން، ޑިވިޝަންތައް، ސެކްޝަންތައް، އައްޑޫސިޓީ ކައުންސިލް އިދާރާގެ ހުރިހާ އަވަށު އޮފީސްތައް، ކައުންސިލް އިދާރާގެ ދާއިމީ ކޮމިޓީތައް. 

އައްޑޫސިޓީ ހިތަދޫ އެޅަދީދީ މަގުގެ އުތުރުކޮޅުގައި ހަނދުފަޅި ބުރެއް ހަދައި ލައިޓް ޖެހުމުގައި ކައުންސިލުން ގޮތެއް ނިންމުމަށް މޭޔަރ ޢަބްދުﷲ ޞާދިޤް ހުށަހެޅި މައްސަލަ ކައުންސިލް މަޖިލިސްގައި ނިންމިގޮތް:

 

 

ސުރުޚީގައި ބަޔާން ކުރެވިފައިވާ މައްސަލަ ކައުންސިލްއަށް ބަލައިގަތުމަށާއި، މައްސަލައާއި ގުޅިގެން ކައުންސިލް މަޖިލިސްގައި މަޝްވަރާ ކުރުމަށް ފަހު،

 

" އައްޑޫސިޓީ ހިތަދޫ އެޅަދީދީ މަގުގެ އުތުރުކޮޅުގައި ވަނީ ބޮޑު 2 މަގު ގުޅޭ ނުވަދިހަ ޑިގްރީ ބެންޑެއް (ގުދެއް) ކަމުން، ޓްރެފިކް ބެލެހެއްޓުމާއި އެކްސިޑެންޓް މަދުކުރުމުގެ މަޤްޞަދުގައި، މި 2 މަގު ގުޅޭ ބެންޑްގައި ހަނދުފަޅި ބުރެއް، ކައުންސިލުން ދައްކާ ނަމޫނާއާއި އެއްގޮތަށް ހެދުމަށް ފެންނަކަމަށާއި، މިހަނދުފަޅިބުރު ހަދައި ނިމުމުން އަމިއްލަ ފަރާތެއް ކަމަށްވާ ލިންކް ސާރވް އިން ހިލޭ ކައުންސިލްއާއި ހާވާލުކުރާ ސޯލާ ލައިޓެއް ޖެހުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ފެންނަކަމަށާއި،  

މި މަސައްކަތް ކުރިއަށް ގެންދިއުމުގައި، މާލިއްޔަތު ޤަވާޢިދާއި އެއްގޮތްވާގޮތަށް، ކައުންސިލްގެ އާމްދަނީ ބަޖެޓްގައި ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ ގޮތުގައި ކުރަންޖެހޭ ކަންކަން ކުރުމަށް ކަނޑައެޅިފައިހުރި ބަޖެޓް ކޯޑުގެ ތެރެއިން މިކަމަށް ހިނގާ ޚަރަދު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް" މޭޔަރ ހުށަހެޅުއްވި ހުށަހެޅުމަށް ކައުންސިލަރ ޙުސައިން ޙިލްމީ ތާއީދު ކުރެއްވިއެވެ.

މިގޮތުން ބަޔާންކުރެވި ކައުންސިލްއަށް ހުށަހެޅި ތާއީދު ލިބިފައިވާ ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ މަޖިލިސްގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުރެއްވިއެވެ.

މެމްބަރުން ވޯޓު ދެއްވާފައިވާގޮތް:

ބައިވެރިވެވަޑައިނުގަންނަވާ:00

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ދެވަނަ ދައުރު

ނަންބަރ: 426-AA(N)/2017/98

ތާރީޚް: 18 އެޕްރީލް 2017