އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މިނިވަން ޗެމްޕިއަން ޝިޕް 2017 މުބާރާތް ހޯސްޓް ކުރާ އެމް.ސީ.ސީ އިން އެހީތެރިމަށްއެދި ހުށަހަޅާފައިވުމާ ގުޅޭ

25 އެޕްރީލް 2017     


ޢަމަލުކުރަންވީ ފަރާތްތައް: އިދާރީ ސެކްޝަން       

ކޮޕީ: ފައިނޭންސް ސެކްޝަން، ކައުންސިލަރުން، ޑިވިޝަންތައް، ސެކްޝަންތައް، އައްޑޫސިޓީ ކައުންސިލް އިދާރާގެ ހުރިހާ އަވަށު އޮފީސްތައް، ކައުންސިލް އިދާރާގެ ދާއިމީ ކޮމިޓީތައް. 

މިނިވަން ޗެމްޕިއަން ޝިޕް 2017 މުބާރާތް ހޯސްޓް ކުރާ އެމް.ސީ.ސީ އިން އެހީތެރިމަށްއެދި ހުށަހަޅާފައިވާ މައްސަލައަށް ކައުންސިލުން ގޮތެއް ނިންމުމަށް އިދާރީ ސެކްޝަނުން ހުށަހެޅި މައްސަލަ ކައުންސިލް މަޖިލިސްގައި ނިންމިގޮތް:

 

ސުރުޚީ ގައި ބަޔާން ކުރެވިފައިވާ މައްސަލަ ކައުންސިލްއަށް ބަލައިގަތުމަށާއި، މައްސަލައާއި ގުޅިގެން ކައުންސިލް މަޖިލިސްގައި މަޝްވަރާ ކުރުމަށް ފަހު، މައްސަލާގައި ފާހަގަ ކުރެވިފައިވާ ނުކުތާތަކަށް ރިއާޔަތްކޮށް،

 

" 2017 މިނިވަން ޗެމްޕިއަން ޝިޕް މުބާރާތް ހޯސްޓް ކުރާ ފަރާތުން އެހީތެރިމަށްއެދި ހުށަހެޅުމާއި ގުޅިގެން ކައުންސިލުން މިމުބާރާތަށް އެހީތެރިކަން ފޯރުކޮށްދެން ބޭނުންވާ ކަމަށާއި، ކައުންސިލްގެ މާލީ ޙާލަތު މިވަގުތު ހުރިގޮތުގެ މައްޗަށް ބަލައި މިފަދަ ޙަރަކާތްތަކަށް ކައުންސިލުން ކުރިން ފޯރުކޮށްދެމުން ގެންދިޔަފަދަ މާލީ ބޮޑު އެހީތެރިކަން ދެވެން ނެތްކަން ފާހަގަކޮށް، ކައުންސިލްގެ އާމަދްނީ ބަޖެޓްގައި ޖަމްޢިއްޔާ ޖަމާޢަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަނޑައެޅިފައިވާ ބަޖެޓް ކޯޑުން 5000.00ރުފިޔާ (ފަސްހާސްރުފިޔާ) ގެ އެހީތެރިކަން ޤަވާޢިދާއި އެއްގޮތްވާ ގޮތުގެ މަތިން އެމް.ސީ.ސީ އަށް ދިނުމަށް ފެންނަކަމަށް " ޑެޕިއުޓީ މޭޔަރ ހުށަހެޅި ހުށަހެޅުމަށް ކައުންސިލަރ ޙުސައިން ޙިލްމީ ކުރެއްވިއެވެ.

 

މިގޮތުން ބަޔާންކުރެވި ކައުންސިލްއަށް ހުށަހެޅި ތާއީދު ލިބިފައިވާ ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ މަޖިލިސްގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުރެއްވިއެވެ.

 

މެމްބަރުން ވޯޓު ދެއްވާފައިވާގޮތް:

ބައިވެރިވެވަޑައިނުގަންނަވާ:00

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 03 ވޯޓް




ބާވަތް: ނިންމުން

ދައުރު: ދެވަނަ ދައުރު

ނަންބަރ: 426-AA(N)/2017/99

ތާރީޚް: 25 އެޕްރީލް 2017