އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ިހިތަދޫ ހުކުރު މިސްކިތް މަރާމާތު ކުރުމުގެ މަސައްކަތަށް ޖަމްޢިއްޔަތުލް ޢުލަމާ އަށް އެހީތެރިވުމާ ގުޅޭ

25 އެޕްރީލް 2017     


ޢަމަލުކުރަންވީ ފަރާތްތައް: ސޯޝަލްސަރވިސް ސެކްޝަން       

ކޮޕީ: ފައިނޭންސް ސެކްޝަން، ކައުންސިލަރުން، ޑިވިޝަންތައް، ސެކްޝަންތައް، އައްޑޫސިޓީ ކައުންސިލް އިދާރާގެ ހުރިހާ އަވަށު އޮފީސްތައް، ކައުންސިލް އިދާރާގެ ދާއިމީ ކޮމިޓީތައް. 

ހިތަދޫ ހުކުރު މިސްކިތް މަރާމާތު ކުރުމުގެ މަސައްކަތަށް ޖަމްޢިއްޔަތުލް ޢުލަމާ އިން އެހީތެރިމަށްއެދި ހުށަހަޅާފައިވާ މައްސަލައަށް ކައުންސިލުން ގޮތެއް ނިންމުމަށް ޝޯޝަލްސަރވިސް ސެކްޝަނުން ހުށަހެޅި މައްސަލަ ކައުންސިލް މަޖިލިސްގައި ނިންމިގޮތް:

 

ސުރުޚީ ގައި ބަޔާން ކުރެވިފައިވާ މައްސަލަ ކައުންސިލްއަށް ބަލައިގަތުމަށާއި، މައްސަލައާއި ގުޅިގެން ކައުންސިލް މަޖިލިސްގައި މަޝްވަރާ ކުރުމަށް ފަހު، މައްސަލާގައި ފާހަގަ ކުރެވިފައިވާ ނުކުތާތަކަށް ރިއާޔަތްކޮށް،

 

" ހިތަދޫ ހުކުރު މިސްކިތް މަރާމާތު ކުރުމުގެ މަސައްކަތަށް އަމިއްލަ ފަރާތަކުން ހިތަދޫ ރައްޔިތުންނާއި ޙަވާލުކުރި ފައިސާ ރައްޔިތުންގެ ޓްރަސްޓްފަންޑުން ޖަމްޢިއްޔަތުލް ޢުލަމާއާއި ޙަވާލުކުރެވިފައިވާ ކަމަށާއި، ހުށަހަޅާފައިވާ މައްސަލައަކީ ޖަމްޢިއްޔަތުލް ޢުލަމާއިން ހިތަދޫ ހުކުރު މިސްކިތް މަރާމާތުކުރުމުގައި އެހީތެރިކަމަށް އެދި ހުށަހަޅާފައިވާ މައްސަލައެއްކަމުން، ހުށަހަޅާފައިވާ އެހީގެ ފައިސާ ޚަރަދު ކުރެވެނީ މިސްކިތުގެ ކޮން މަރާމާތު ތަކަކަށްކަން އެނގޭނެ ތަފްޞީލު ނެތުމުން އެފަދަ ތަފްޞީލު ހޯއްދަވައި އަލުން މައްސަލަ ކައުންސިލްއަށް ހުށަހެޅުމަށް ފެންނަކަމަށް " ޑެޕިއުޓީ މޭޔަރ ހުށަހެޅި ހުށަހެޅުމަށް ކައުންސިލަރ ޙުސައިން ޙިލްމީ ކުރެއްވިއެވެ.

 

މިގޮތުން ބަޔާންކުރެވި ކައުންސިލްއަށް ހުށަހެޅި ތާއީދު ލިބިފައިވާ ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ މަޖިލިސްގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުރެއްވިއެވެ.

 

މެމްބަރުން ވޯޓު ދެއްވާފައިވާގޮތް:

ބައިވެރިވެވަޑައިނުގަންނަވާ:00

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 03 ވޯޓް




ބާވަތް: ނިންމުން

ދައުރު: ދެވަނަ ދައުރު

ނަންބަރ: 426-AA(N)/2017/100

ތާރީޚް: 25 އެޕްރީލް 2017