ޢަމަލުކުރަންވީ ފަރާތްތައް: އެޗް.އާރު ސެކްޝަން ކޮޕީ: ފައިނޭންސް ސެކްޝަން، ކައުންސިލަރުން، ޑިވިޝަންތައް، ސެކްޝަންތައް، އައްޑޫސިޓީ ކައުންސިލް އިދާރާގެ ހުރިހާ އަވަށު އޮފީސްތައް، ކައުންސިލް އިދާރާގެ ދާއިމީ ކޮމިޓީތައް. |
||
މޭޔަރ ޢަބްދުﷲ ޞާދިޤް ޗުއްޓީއަށް އެދި ހުށަހަޅާފައިވާ މައްސަލައަށް ކައުންސިލުން ގޮތެއް ނިންމުމަށް ކައުންސިލް ބިއުރޯއިން ހުށަހެޅި މައްސަލަ ކައުންސިލް މަޖިލިސްގައި ނިންމިގޮތް:
ސުރުޚީ ގައި ބަޔާން ކުރެވިފައިވާ މައްސަލަ ކައުންސިލްއަށް ބަލައިގަތުމަށާއި، މައްސަލައާއި ގުޅިގެން ކައުންސިލް މަޖިލިސްގައި މަޝްވަރާ ކުރުމަށް ފަހު، މައްސަލާގައި ފާހަގަ ކުރެވިފައިވާ ނުކުތާތަކަށް ރިއާޔަތްކޮށް،
" މޭޔަރ ޢަބްދުﷲ ޞާދިޤް 26 އެޕްރީލް 2017 އިން ފެށިގެން 8 ދުވަހުގެ މުއްދަތަށް ޗުއްޓީއަށް އެދި ހުށަހަޅާފައިވުމާއި ގުޅިގެން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 7/2010) ގެ 122ވަނަ މާއްދާއަށް ރިއާޔަތްކޮށް މޭޔަރ ޢަބްދުﷲ ޞާދިޤް އެދިވަޑައިގެންފައިވާ ގޮތުގެ މަތިން 8 ދުވަހުގެ ޗުއްޓީއެއް ހަމަޖައްސަވައިދެއްވުމަށް ފެންނަކަމަށް " ކައުންސިލަރ ޙުސައިން ޙިލްމީ ހުށަހެޅި ހުށަހެޅުމަށް ޑެޕިއުޓީ މޭޔަރ ޢަބްދުﷲ ޠައްޔިބު ތާއީދު ކުރެއްވިއެވެ.
މިގޮތުން ބަޔާންކުރެވި ކައުންސިލްއަށް ހުށަހެޅި ތާއީދު ލިބިފައިވާ ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ މަޖިލިސްގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުރެއްވިއެވެ.
ބަޔާން ކުރެވިފައިވާ ނިންމުމާއި ގުޅިގެން މޭޔަރ ޗުއްޓީގައި ހުންނަވާ މުއްދަތުގައި އޮފީސް ހިންގުމުގެ އެންމެހާ އިދާރީ އިންތިޒާމް ޤަވާޢިދުގައިވާ ގޮތުގެ މަތިން ހަމަޖައްސަވައި ދެއްވުން އެދެމެވެ. މެމްބަރުން ވޯޓު ދެއްވާފައިވާގޮތް: |
||
ބައިވެރިވެވަޑައިނުގަންނަވާ:00 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 03 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
މޭޔަރ ޢަބްދުﷲ ޞާދިޤް ޗުއްޓީއަށް އެދި ހުށަހަޅާފައިވާ މައްސަލައާ ގުޅޭ