އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫ ހުކުރު މިސްކިތް މަރާމާތު ކުރުމުގެ މަސައްކަތަށް ޖަމްޢިއްޔަތުލް ޢުލަމާ އިން އެހީތެރިކަމަށްއެދި ހުށަހަޅާފައިވާ މައްސަލައާ ގުޅޭ

4 މޭއި 2017     


ޢަމަލުކުރަންވީ ފަރާތްތައް: ކައުންސިލް ބިއުރޯ       

ކޮޕީ: ފައިނޭންސް ސެކްޝަން، ކައުންސިލަރުން، ޑިވިޝަންތައް، ސެކްޝަންތައް، އައްޑޫސިޓީ ކައުންސިލް އިދާރާގެ ހުރިހާ އަވަށު އޮފީސްތައް، ކައުންސިލް އިދާރާގެ ދާއިމީ ކޮމިޓީތައް. 

ހިތަދޫ ހުކުރު މިސްކިތް މަރާމާތު ކުރުމުގެ މަސައްކަތަށް ޖަމްޢިއްޔަތުލް ޢުލަމާ އިން އެހީތެރިމަށްއެދި ހުށަހަޅާފައިވާ މައްސަލައަށް ކައުންސިލުން ގޮތެއް ނިންމުމަށް ޝޯޝަލްސަރވިސް ސެކްޝަނުން ހުށަހެޅި މައްސަލަ ކައުންސިލް މަޖިލިސްގައި ނިންމިގޮތް:

 

ސުރުޚީ ގައި ބަޔާން ކުރެވިފައިވާ މައްސަލަ ކައުންސިލްއަށް ބަލައިގަތުމަށާއި، މައްސަލައާއި ގުޅިގެން ކައުންސިލް މަޖިލިސްގައި މަޝްވަރާ ކުރުމަށް ފަހު،

 

" މިއަދުގެ ކައުންސިލުން ނިންމާ މިބާވަތުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ބޭނުންވާ ޤާނޫނީ ޢަދަދު ހަމަވާ ވަރަށް މިއަދުގެ ޖަލްސާއަށް ކައުންސިލަރުން ޙާޟިރުވެ ވަޑައިގެން ނެތުމާއެކު ދެންއޮންނަ ކައުންސިލް ބައްދަލު ވުމަށް މިމައްސަލަ އެޖެންޑާ ކުރުމަށް  ރިޔާސަތުން ކަނޑައެޅުއްވިއެވެ.

 

 




ބާވަތް: ނިންމުން

ދައުރު: ދެވަނަ ދައުރު

ނަންބަރ: 426-AA(N)/2017/105

ތާރީޚް: 4 މޭއި 2017