އައްޑޫސިޓީ ކައުންސިލްގެ އިދާރާ

3 ޕްރޮޖެކްޓްގެ މަސައްކަތާއި ގުޅިގެން އިވެލުއޭޝަން ކޮމިޓީގެ މަސައްކަތު މަރުހަލާ ނިންމައި މިމަސައްކަތް ކުރިއަށްގެންދިއުމާ ގުޅޭ

4 މޭއި 2017     


ޢަމަލުކުރަންވީ ފަރާތްތައް: ޕްރޮޖެކްޓް ސެކްޝަން       

ކޮޕީ: ފައިނޭންސް ސެކްޝަން، ކައުންސިލަރުން، ޑިވިޝަންތައް، ސެކްޝަންތައް، އައްޑޫސިޓީ ކައުންސިލް އިދާރާގެ ހުރިހާ އަވަށު އޮފީސްތައް، ކައުންސިލް އިދާރާގެ ދާއިމީ ކޮމިޓީތައް. 

ކައުންސިލުން ހިންގުމަށް ރާވާފައިވާ 3 ޕްރޮޖެކްޓްގެ މަސައްކަތާއި ގުޅިގެން އިވެލުއޭޝަން ކޮމިޓީގެ މަސައްކަތު މަރުހަލާ ނިންމައި މިމަސައްކަތް ކުރިއަށްގެންދިއުމުގައި ކައުންސިލުން ގޮތެއް ނިންމުމަށް އިވެލުއޭޝަން ކޮމިޓީއިން ހުށަހެޅި މައްސަލަ ކައުންސިލް މަޖިލިސްގައި ނިންމިގޮތް:

 

ސުރުޚީ ގައި ބަޔާން ކުރެވިފައިވާ މައްސަލަ ކައުންސިލްއަށް ބަލައިގަތުމަށާއި، މައްސަލައާއި ގުޅިގެން ކައުންސިލް މަޖިލިސްގައި މަޝްވަރާ ކުރުމަށް ފަހު، މައްސަލާގައި ފާހަގަ ކުރެވިފައިވާ ނުކުތާތަކަށް ރިއާޔަތްކޮށް،

 

" އައްޑޫސިޓީގެ އޮޑިދޯނިފަހަރަށް ފެންލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތާއި، އައްޑޫ ސިޓީގެ މަރަދޫ އަވަށު ކުދުކުދިންގެ ޕާރކް ތަރައްޤީ ކުރުމުގެ މަސައްކަތާއި، އަދި އައްޑޫސިޓީގެ އަވަށްތަކުގައި ކުނިއެޅުން މަނާ ބޯޑު ޖެހުމަށް ބޭނުންވާ، ބޯޑު ހެދުމުގެ މަސައްކަތް، އިވެލުއޭޝަން ކޮމިޓީގެ ނިންމުމުގައި ވާގޮތުގެ މަތިން ކުރިއަށް ގެންދިއުމަށް ފެންނަކަމަށް " ޑެޕިއުޓީ މޭޔަރ ހުށަހެޅި ހުށަހެޅުމަށް ކައުންސިލަރ ޙުސައިން ޙިލްމީ ތާއީދު ކުރެއްވިއެވެ.

 

މިގޮތުން ބަޔާންކުރެވި ކައުންސިލްއަށް ހުށަހެޅި ތާއީދު ލިބިފައިވާ ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ މަޖިލިސްގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުރެއްވިއެވެ.

 

މެމްބަރުން ވޯޓު ދެއްވާފައިވާގޮތް:

ބައިވެރިވެވަޑައިނުގަންނަވާ:00

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 03 ވޯޓް




ބާވަތް: ނިންމުން

ދައުރު: ދެވަނަ ދައުރު

ނަންބަރ: 426-AA(N)/2017/106

ތާރީޚް: 4 މޭއި 2017