އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މަރަދޫ ފުޓްބޯޅަ ދަނޑުގައި ލައިޓް ޖެހުމާ ގުޅޭ

4 މޭއި 2017     


ޢަމަލުކުރަންވީ ފަރާތްތައް: ޕްރޮޖެކްޓް ސެކްޝަން       

ކޮޕީ: ފައިނޭންސް ސެކްޝަން، ކައުންސިލަރުން، ޑިވިޝަންތައް، ސެކްޝަންތައް، އައްޑޫސިޓީ ކައުންސިލް އިދާރާގެ ހުރިހާ އަވަށު އޮފީސްތައް، ކައުންސިލް އިދާރާގެ ދާއިމީ ކޮމިޓީތައް. 

މަރަދޫ ފުޓްބޯޅަ ދަނޑުގައި ލައިޓް ޖެހުމުމުގައި ކައުންސިލުން ގޮތެއް ނިންމުމަށް ޑެޕިއުޓީ މޭޔަރ ހުށަހެޅި މައްސަލަ ކައުންސިލް މަޖިލިސްގައި ނިންމިގޮތް:

 

ސުރުޚީ ގައި ބަޔާން ކުރެވިފައިވާ މައްސަލަ ކައުންސިލްއަށް ބަލައިގަތުމަށާއި، މައްސަލައާއި ގުޅިގެން ކައުންސިލް މަޖިލިސްގައި މަޝްވަރާ ކުރުމަށް ފަހު، މައްސަލާގައި ފާހަގަ ކުރެވިފައިވާ ނުކުތާތަކަށް ރިއާޔަތްކޮށް،

 

" މަރަދޫ އަވަށުގެ ފުޓްބޯޅަ ދަނޑަކީ ކައުންސިލުން ބޮޑު ހޭދައެއް ކޮށްގެން ހަދާފައިވާ ދަނޑެއްކަން ފާހަގަކޮށް މިދަނޑުގައި ހަރުކުރެވިފައިވާ ލައިޓްތައް ތަފާތު އެކި ސަބަބުތަކާ ހުރެ ނުދިއްލި ހުރުމުން ދަނޑު ބޭނުން ކުރާ ފަރާތްތަކުން ޝަކުވާ ހުށަހަޅާމުންދާތީ އެކަމަށް ޙައްލެއް ހޯދައިދިނުމުގެ މަޤްޞަދުގައި، މިދަނޑުގައި ލައިޓް ހަރުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއި، ކައުންސިލްގެ އާމްދަނީ ބަޖެޓްގެ ކޮންޓެންޖެންސީ ބަޖެޓުން 216000.00ރުފިޔާ (ދެލައްކަސޯޅަހާސްރުފިޔާ) އަށްވުރެ ޚަރަދު ބޮޑުނުވާގޮށް ޤަވާޢިދާއި އެއްގޮތްވާ ގޮތުގެ މަތިން ފައިސާ ޚަރަދުކުރުމަށާއި އަދި މިދަނޑު ދިއްލޭނެ އިންތިޒާމް ހަމަޖެއްސުމުގައި އިދާރީ އަދި ޓެކްނިކަލް ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތް ޤަވާޢިދާއި އެއްގޮތްވާ ގޮތުގެމަތިން ކުރުމަށްފެންނަކަމަށް " ޑެޕިއުޓީ މޭޔަރ ހުށަހެޅި ހުށަހެޅުމަށް ކައުންސިލަރ ޙުސައިން ޙިލްމީ ތާއީދު ކުރެއްވިއެވެ.

 

މިގޮތުން ބަޔާންކުރެވި ކައުންސިލްއަށް ހުށަހެޅި ތާއީދު ލިބިފައިވާ ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ މަޖިލިސްގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުރެއްވިއެވެ.

 

މެމްބަރުން ވޯޓު ދެއްވާފައިވާގޮތް:

ބައިވެރިވެވަޑައިނުގަންނަވާ:00

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 03 ވޯޓް


ނިންމުން ޑައުންލޯޑް ކުރެއްވުމަށް

މަރަދޫ ފުޓްބޯޅަ ދަނޑުގައި ލައިޓް ޖެހުމާ ގުޅޭ


ބާވަތް: ނިންމުން

ދައުރު: ދެވަނަ ދައުރު

ނަންބަރ: 426-AA(N)/2017/107

ތާރީޚް: 4 މޭއި 2017