އައްޑޫސިޓީ ކައުންސިލްގެ އިދާރާ

"މިޔަންމާގެ ރޮހިންގާ ދަރިކޮޅު" މުސްލިމުންނަށް ދެމުން ގެންދާ ލާއިންސާނީ ޢަމަލު ކުއްވެރިކޮށް، އެބައިމީހުންގެ ޙައްޤުތައް ޙިމާޔަތް ކުރުމަށް ގޮވާލުން

5 ސެޕްޓެމްބަރ 2017     


މައްސަލަ

ހުށަހެޅުނު މައްސަލަ:

"މިޔަންމާގެ ރޮހިންގާ ދަރިކޮޅު" މުސްލިމުންގެ އިންސާނީ ޙައްޤުތައް ނަގާލާ، އެޤައުމުގައި ދެމުން ގެންދާ ލާއިންސާނީ ޢަމަލު ކުއްވެރިކޮށް، އެބައިމީހުންގެ އިންސާނީ ޙައްޤުތައް ޙިމާޔަތް ކުރުމަށް ގޮވާލާ ޤަރާރެއް ނެރުން.

މައްސަލަ ހުށަހެޅި ފަރާތް: އައްޑޫސިޓީ ކައުންސިލް ވެލްފެއަރ އެންޑް ރެކްރިއޭޝަން ކްލަބް

ނިންމުން

މައްސަލަ ނިމުނުގޮތް:

މި މައްސަލަ އަކީ މުޅި އިސްލާމީ އުއްމަތް ކަންބޮޑުވެފައިވާ މައްސަލައަކަށްވެފައި، "މިޔަންމާގެ ރޮހިންގާ ދަރިކޮޅު" މުސްލިމުން ޤަތުލުކޮށް ގުނަވަންތައް ބުރިކޮށްލާ އަންދާލާ، އެބައިމީހުން އަމިއްލައަށް ވީޑިއޯ ނަގާ މުޅި ދުނިޔެއަށް ފަތުރަމުންދާއިރު، އިންސާނީ ޙައްޤުތައް ޙިމާޔަތް ކުރުމަށް ވަކާލާތު ކުރައްވައި، ނޯބަލް ޕީސް ޕްރައިޒް ލިބިވަޑައިގެންފައިވާ ވެރިޔެއްގެ ގޮތުގައި އެ ޤައުމުގެ ލީޑަރ އަން ސަން ސޫޗީ ހުންނަވައި، ރޮހިންގާ މުސްލިމުންނާއި ދޭތެރޭ މިފަދަ ލާއިންސާނީ ޢަމަލުތައް ހިންގުމަކީ އައްޑޫސިޓީ ކައުންސިލާއި އައްޑޫސިޓީގެ ރައްޔިތުން ނިހާޔަތަށް ހިތާމަ ކުރާ ކަމެއްކަމަށް ފާހަގަކުރެވިގެންދިޔައެވެ. އަދި މި ޢަމަލު ހަރުކަށި ޢިބާރާތުން ކުއްވެރިކޮށް ޤަރާރެއް ފާސްކުރުމަށް ކައުންސިލް މެމްބަރުންގެ އިއްތިފާޤުން ނިންމާ މި ހުށަހެޅުން ފާސް ކުރެއްވިއެވެ. 

ތާއީދު ކުރެއްވި:  ކައުންސިލަރ، ފައިޞަލް އިބްރާހީމް

ހުށަހެޅުން ހުށަހެޅި:  މޭޔަރ ޢަބްދުﷲ ޞާދިޤު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:00

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2017/192

ތާރީޚް: 5 ސެޕްޓެމްބަރ 2017