އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ބޭރުމަތީ ޕާރކްގައި ބަހައްޓާފައިވާ އައުޓްޑޯރ ޖިމަށް ތަކެތި އިތުރު ކުރުމާ ގުޅޭ

4 މޭއި 2017     


ޢަމަލުކުރަންވީ ފަރާތްތައް: ޕްރޮޖެކްޓް ސެކްޝަން      

ކޮޕީ: ފައިނޭންސް ސެކްޝަން، ކައުންސިލަރުން، ޑިވިޝަންތައް، ސެކްޝަންތައް، އައްޑޫސިޓީ ކައުންސިލް އިދާރާގެ ހުރިހާ އަވަށު އޮފީސްތައް، ކައުންސިލް އިދާރާގެ ދާއިމީ ކޮމިޓީތައް. 

ބޭރުމަތީ ޕާރކްގައި ބަހައްޓާފައިވާ އައުޓްޑޯރ ޖިމަށް ތަކެތި އިތުރު ކުރުމުގައި ކައުންސިލުން ގޮތެއް ނިންމުމަށް ކައުންސިލަރ ޙުސައިން ޙިލްމީ ހުށަހެޅި މައްސަލަ ކައުންސިލް މަޖިލިސްގައި ނިންމިގޮތް:

 

ސުރުޚީ ގައި ބަޔާން ކުރެވިފައިވާ މައްސަލަ ކައުންސިލްއަށް ބަލައިގަތުމަށާއި، މައްސަލައާއި ގުޅިގެން ކައުންސިލް މަޖިލިސްގައި މަޝްވަރާ ކުރުމަށް ފަހު، މައްސަލާގައި ފާހަގަ ކުރެވިފައިވާ ނުކުތާތަކަށް ރިއާޔަތްކޮށް،

 

" ހުށަހަޅާފައިވާ ހުށަހެޅުމާއި އެއްގޮތަށް މައްސަލަ ކުރިއަށްގެންދިއުމަށްފެންނަކަމަށާއި، މިހުށަހެޅުމަށް އިޞްލާޙްގެ ގޮތުގައި " މިހާރު އައްޑޫގެ އަވަށްތަކުގައި ޖިމްސެޓް ހަރުކުރެވިފައިވާ ތަންތަނުގައިވެސް މިހުށަހެޅުމުގައިވާ ތަކެތި ހަރުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށާއި، މިގޮތުން ހުށަހެޅުމުގައިވާ ތަކެތި ބެހެއްތޭނެ އިންތިޒާމް ހަމަޖެއްސުމަށް ހިނގާ ޚަރަދު ކައުންސިލްގެ އާމަދްނީ ބަޖެޓްގައި ޖިމްސެޓް ހަރުކުރެވިފައިވާ ދާއިރާތަކުގެ ރައްޔިތުންގެ ގޮތުގައި ކަންކަން ކުރުމަށް ކަނޑައެޅިފައިވާ ބަޖެޓް ކޯޑުން 135000.00ރުފިޔާ (އެއްލައްކަ ތިރީސް ފަސްހާސްރުފިޔާ) އަށްވުރެ ޚަރަދު ބޮޑުނުވާގޮށް ޤަވާޢިދާއި އެއްގޮތްވާ ގޮތުގެ މަތިން ފައިސާ ޚަރަދުކުރުމަށާއި މިއިންތިޒާމް ހަމަޖެއްސުމުގައި އިދާރީ އަދި ޓެކްނިކަލް ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތް ޤަވާޢިދާއި އެއްގޮތްވާ ގޮތުގެ މަތިން ކުރުމަށް ފެންނަކަމަށް " ޑެޕިއުޓީ މޭޔަރ ހުށަހެޅި ހުށަހެޅުމަށް ކައުންސިލަރ ޙުސައިން ޙިލްމީ ތާއީދު ކުރެއްވިއެވެ.

މިގޮތުން ބަޔާންކުރެވި ކައުންސިލްއަށް ހުށަހެޅި ތާއީދު ލިބިފައިވާ ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ މަޖިލިސްގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުރެއްވިއެވެ.

 

މެމްބަރުން ވޯޓު ދެއްވާފައިވާގޮތް:

ބައިވެރިވެވަޑައިނުގަންނަވާ:00

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 03 ވޯޓް




ބާވަތް: ނިންމުން

ދައުރު: ދެވަނަ ދައުރު

ނަންބަރ: 426-AA(N)/2017/109

ތާރީޚް: 4 މޭއި 2017