އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ބޭރުމަތީ އަވަށު އެކި ސަރަޙައްދު ތަކުގައި މަގު ބައްތި ޖެހުމާ ގުޅޭ

4 މޭއި 2017     


ޢަމަލުކުރަންވީ ފަރާތްތައް: ޕްރޮޖެކްޓް ސެކްޝަން       

ކޮޕީ: ފައިނޭންސް ސެކްޝަން، ކައުންސިލަރުން، ޑިވިޝަންތައް، ސެކްޝަންތައް، އައްޑޫސިޓީ ކައުންސިލް އިދާރާގެ ހުރިހާ އަވަށު އޮފީސްތައް، ކައުންސިލް އިދާރާގެ ދާއިމީ ކޮމިޓީތައް. 

ބޭރުމަތީ އަވަށު އެކި ސަރަޙައްދު ތަކުގައި މަގު ބައްތި ޖެހުމުގައި ކައުންސިލުން ގޮތެއް ނިންމުމަށް ކައުންސިލަރ ޙުސައިން ޙިލްމީ ހުށަހެޅި މައްސަލަ ކައުންސިލް މަޖިލިސްގައި ނިންމިގޮތް:

 

ސުރުޚީ ގައި ބަޔާން ކުރެވިފައިވާ މައްސަލަ ކައުންސިލްއަށް ބަލައިގަތުމަށާއި، މައްސަލައާއި ގުޅިގެން ކައުންސިލް މަޖިލިސްގައި މަޝްވަރާ ކުރުމަށް ފަހު، މައްސަލާގައި ފާހަގަ ކުރެވިފައިވާ ނުކުތާތަކަށް ރިއާޔަތްކޮށް،

 

" މައްސަލައާއި އެކު ހުށަހަޅާފައިވާ އެޓޭޗްމަންޓްގައި ފާހަގަ ކޮށްފައިވާ ތަންތަނުގައި ލައިޓްޖެހޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށާއި، މި އިންތިޒާމް ހަމަޖެއްސުމުގައި ކައުންސިލްގެ ބަޖެޓްގައި މަގުބައްތި ޖެހުމަށް ކަނޑައެޅިފައިވާ ބަޖެޓް ކޯޑުން ޤަވާޢިދާއި އެއްގޮތްވާ ގޮތުގެ މަތިން ފައިސާ ޚަރަދުކޮށް މިކަމުގައި އިދާރީ އަދި ޓެކްނިކަލް ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތް ޤަވާޢިދާއި އެއްގޮތްވާ ގޮތުގެ މަތިން ކުރުމަށް ފެންނަކަމަށް " ކައުންސިލަރ ޙުސައިން ޙިލްމީ ހުށަހެޅި ހުށަހެޅުމަށް ޑެޕިއުޓީ މޭޔަރ ތާއީދު ކުރެއްވިއެވެ.

މިގޮތުން ބަޔާންކުރެވި ކައުންސިލްއަށް ހުށަހެޅި ތާއީދު ލިބިފައިވާ ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ މަޖިލިސްގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުރެއްވިއެވެ.

 

މެމްބަރުން ވޯޓު ދެއްވާފައިވާގޮތް:

ބައިވެރިވެވަޑައިނުގަންނަވާ:00

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 03 ވޯޓް




ބާވަތް: ނިންމުން

ދައުރު: ދެވަނަ ދައުރު

ނަންބަރ: 426-AA(N)/2017/110

ތާރީޚް: 4 މޭއި 2017