އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫ އުތުރު ދާއިރާގައި ކައުންސިލުން ޤާއިމު ކުރެވުނު އައުޓްޑޯރ ޖިމްއަށް ކިޔާނެ ނަމެއް ކަނޑައެޅުމާ ގުޅޭ

4 މޭއި 2017     


ޢަމަލުކުރަންވީ ފަރާތްތައް: ހިތަދޫ އަވަށު އޮފީސް       

ކޮޕީ: ފައިނޭންސް ސެކްޝަން، ކައުންސިލަރުން، ޑިވިޝަންތައް، ސެކްޝަންތައް، އައްޑޫސިޓީ ކައުންސިލް އިދާރާގެ ހުރިހާ އަވަށު އޮފީސްތައް، ކައުންސިލް އިދާރާގެ ދާއިމީ ކޮމިޓީތައް. 

ކައުންސިލްގެ 18 ވަނަ ބައްދަލުވުމުގެ ސުވަލާއި މަޝްވަރާއަދި މަޢުލޫމާތު ހިއްސާ ކުރުމުގެ ފުރުޞަތުގައި ހިތަދޫ އުތުރު ދާއިރާގައި ކައުންސިލުން ޤާއިމު ކުރެވުނު އައުޓްޑޯރ ޖިމްއަށް ކިޔާނެ ނަމެއް ކަނޑައެޅުން.

 

ސުރުޚީ ގައި ބަޔާން ކުރެވިފައިވާ މައްސަލައާއި ގުޅިގެން ކައުންސިލް މަޖިލިސްގައި މަޝްވަރާ ކުރުމަށް ފަހު، މައްސަލާގައި ފާހަގަ ކުރެވިފައިވާ ނުކުތާތަކަށް ރިއާޔަތްކޮށް،

 

ހިތަދޫ އުތުރު ދާއިރާގައި ޤާއިމުކުރެވިފައިވާ އައުޓްޑޯރ ޖިމް ހުރިތަނުގެ ނަމަކަށް " ކުދުވާޑެ ޖިމް" ކަނޑައަޅައި އެތަނުގައި ނަންބޯޑު ހަރުކުރުމަށް ފެންނަކަމަށް ކައުންސިލުން ކަނޑައެޅުއްވިއެވެ.

 

 
ބާވަތް: ނިންމުން

ދައުރު: ދެވަނަ ދައުރު

ނަންބަރ: 426-AA(N)/2017/111

ތާރީޚް: 4 މޭއި 2017