އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ބައިނަލްއަޤްވާމީ 2 ޖަމާޢަތުގައި 3 އަހަރުގެ މުއްދަތަށް ބައިވެރިވުމަށް ފޯމް ފުރުމާއި އެފޯމާއިއެކު ދައްކަންޖެހޭ ފައިސާ ޑޮލަރުން ދެއްކުމާއި ގުޅޭ

10 މޭއި 2017     


ޢަމަލުކުރަންވީ ފަރާތްތައް: ކައުންސިލް ބިއުރޯ      

ކޮޕީ: ފައިނޭންސް ސެކްޝަން، ކައުންސިލަރުން، ޑިވިޝަންތައް، ސެކްޝަންތައް، އައްޑޫސިޓީ ކައުންސިލް އިދާރާގެ ހުރިހާ އަވަށު އޮފީސްތައް، ކައުންސިލް އިދާރާގެ ދާއިމީ ކޮމިޓީތައް. 

ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް މަސައްކަތް ކުރުމަށް އުފައްދާފައިވާ ބައިނަލް އަޤްވާމީ އެކއެކި ފޯރަމްތަކުގައި އައްޑުސިޓީ ކައުންސިލުން ބައިވެރި ވުމަށް ކައުންސިލުން ނިންމާފައިވުމާއި ގުޅިގެން ބައިނަލްއަޤްވާމީ 2 ޖަމާޢަތުގައި 3 އަހަރުގެ މުއްދަތަށް ބައިވެރިވުމަށް ފުރަންޖެހޭ ފޯމް ފުރުމާއި އެފޯމާއިއެކު ދައްކަންޖެހޭ ފައިސާ ޑޮލަރުން ދެއްކުމާއި މެދު ކައުންސިލުން ގޮތެއް ނިންމުމަށް ކައުންސިލް ބިއުރޯއިން ހުށަހެޅި މައްސަލަ ކައުންސިލް މަޖިލިސްގައި ނިންމިގޮތް:

 

 

ސުރުޚީ ގައި ބަޔާން ކުރެވިފައިވާ މައްސަލަ ކައުންސިލްއަށް ބަލައިގަތުމަށާއި، މައްސަލައާއި ގުޅިގެން ކައުންސިލް މަޖިލިސްގައި މަޝްވަރާ ކުރުމަށް ފަހު، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިއާޔަތްކޮށް،  

ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް މަސައްކަތް ކުރުމުގެ މަޤްޞަދުގައި، ކައުންސިލްގެ ނިންމުން ނަމްބަރު 426-AA(N)/2017/92 ގައިވާ ގޮތުގެ މަތިން ބައިނަލްއަޤްވާމީ 2 ޖަމާޢަތެއް ކަމުގައިވާ " (ޔޫ.ސީ.އެލް.ޖީ) ޔުނައިޓެޑް ސިޓީސް އެންޑް އިންޑިވިޖުއަލް ލޯކަލް ގާރމެންޓްސް" އަށް ފީގެގޮތުގައި ދައްކަވަންޖެހޭ ފީ، 870 ޑޮލަރު އަދި  " (އިލްލެއި) ލޯކަލް ގަވަރމެންޓްސް ފޯރ ސަސްޓެއިނެބިލިޓީ" ގައި ބައިވެރިވުމަށް ދައްކަންޖެހޭ ފީ، 600 ޑޮލަރު ކައުންސިލްގެ އާމްދަނީ ބަޖެޓްގެ ކޮންޓިންޖެންސީ ގެ ގޮތުގައި ކަނޑައެޅިފައިވާ ފައިސާއިން، ޖުމްލަ 1470 ޑޮލަރަށްވާ ފައިސާ ބަޖެޓްގެ ކޯޑް 228007 އައިޓަމަށް ޓްރާންސްފަކޮށް އެފައިސާއަށްވާ ޑޮލަރު ހޯދައި، މި 2 ޖަމާޢަތުގައި 3 އަހަރުގެ މުއްދަތަށް ކައުންސިލް ބައިވެރިވުމަށް ފުރަންޖެހޭ މެމްބަރޝިޕް އެޕްލިކޭޝަނާއެކު އެފަރާތަށް ފޯމްތައް ފޮނުވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށާއި، ކޮންމެ އަހަރެއްގެ ކައުންސިލްގެ އިދާރީ ބަޖެޓް ތައްޔާރުކުރުމުގައި މިކަމަށް ހިނގާނެ ކަމަށް ލަފާކުރެވޭ ޚަރަދު ފައިސާ ބަޖެޓްގައި ހިމެނުމަށް ފެންނަކަމަށް ކައުންސިލަރ ޙުސައިން ޙިލްމީ ހުށަހެޅުއްވި ހުށަހެޅުމަށް ޑިޕިއުޓީ މޭޔަރ ޢަބްދުއްﷲ ޠައްޔިބު ތާއީދު ކުރެއްވިއެވެ.

 

މިގޮތުން ބަޔާންކުރެވި ކައުންސިލްއަށް ހުށަހެޅި ތާއީދު ލިބިފައިވާ ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ މަޖިލިސްގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުރެއްވިއެވެ.

 

މެމްބަރުން ވޯޓު ދެއްވާފައިވާގޮތް:

ބައިވެރިވެވަޑައިނުގަންނަވާ:00

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ދެވަނަ ދައުރު

ނަންބަރ: 426-AA(N)/2017/113

ތާރީޚް: 10 މޭއި 2017